އިންޑިއާ ފަތުރުވެރިން ރާއްޖެ ގެންނަން މަންޓާ އެއާއާއި އެމްއެމްޕީއާރްސީން އިންޑިއާގައި ހާއްސަ މަސައްކަތެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އާއި ރާއްޖޭގެ ރިސޯޓްތަކާ މަންޓާ އެއާ ގުޅިގެން ކުރިއަށް ޖޫން މަހުގައި އޮތް އެކްސްޕްލޯ މޯލްޑިވްސް ރޯޑްޝޯ، ބެންގަލޫރުގައި ބާއްވާނެ ކަމަށް ބުނެފި އެވެ.

މި ރޯޑް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ބެންގަލޫރުގެ މަޝްހޫރު ޝަންގްރިއްލާ ހޮޓެލްގަ އެވެ.

މި ހާއްސަ އިވެންޓުގެ މަގްސަދަކީ އިންޑިއާގެ އިތުރު ފަތުރުވެރިން ރާއްޖެ އައުމަށް ޝައުގުވެރިކުރުމަށާއި ރާއްޖޭގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީއާއި އިންޑިއާގެ ޓްރެވަލް އިންޑަސްޓްރީގެ ލީޑަރުންނާ ދެމެދު އަގުހުރި ނެޓްވޯކިންގ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށް އެމްއެމްޕީއާރްސީ އިން ބުނެފައި ވެއެވެ.

މި ރޯޑްޝޯއަކީ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ޓްރެވަލް އިންޑަސްޓްރީ ރަނގަޅުވެ ތަރައްގީވަމުންދާއިރު، ދެގައުމުގެ ފަތުރުވެރިންގެ ދަތުރުފަތުރުގެ ތަޖުރިބާތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ދަތުރުފަތުރުގެ ތަޖުރިބާތައް މުއްސަނދިކުރުމުގައި މިފަދަ އިސްނެގުމަކީ ވަރަށް މުހިންމު ކަންކަމެވެ.

މި ރޯޑްޝޯގައި ރާއްޖެ އަކީ ޕްރިމިއާ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ފާހަގަކޮށް، އިންޑިއާގެ ޓްރެވަލް އަދި މެއިންސްޓްރީމް މީޑިއާގެ 150 އަށް ވުރެ ގިނަ މަތީ ފެންވަރުގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާއި މަންދޫބުން ބައިވެރިވާނެ އެވެ. ބައިވެރިންނަށް މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން ރާއްޖެގެ މުއްސަނދި ހުށަހެޅުންތައް ހޯދުމުގެ ތަފާތު ފުރުސަތެއް ލިބިގެންދާނެ އެވެ.

މި ޝޯވގައި ޔުނިވާސަލް ރިސޯޓްސް، މައިނާ ހޮޓެލްސް، އެންއެޗް ކަލެކްޝަން، އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް، ސަން ސިޔާމް ރިސޯޓްސް، ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް، ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް، އޭއޭއޭ ހޮޓެލްސް އެންޑް ރިސޯޓްސް، އަންގްސާނާ، ކޮމޯ، އާރްއައިޔޫ އަދި އެތައް ރިސޯޓް ޗެއިންތައް ބައިވެރިވުމަށް ހަމަޖެހިފައި ވެއެވެ. އިތުރު ރިސޯޓްތަކާއި ގެސްޓް ހައުސްތަކުން މިހާރުވެސް ވަނީ ބައިވެރިވެ، ރާއްޖެ ޕްރޮމޯޓްކޮށް، ތަފާތު ޕްރެޒެންޓޭޝަންތަކާއި ޑައިނަމިކް ނެޓްވޯކިން ސެޝަންތަކުގެ ތެރެއިން ދައްކާލާފަ އެވެ. މީޑިއާތަކުން ފުޅާދާއިރާއެއްގައި ކަވަރޭޖް ކުރާނެ ކަމަށް ބެލެވޭއިރު، މި އިވެންޓުގެ ފޯރާފަށާއި އަސަރު ބޮޑުވާނެ އެވެ.

މްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ މި އިވެންޓަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ތަރައްގީކޮށް އިންޑިއާގެ ޓްރެވަލް މާކެޓާ ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އިވެންޓަކަށްވާނެ ކަމަށެވެ. އަދި މަގުސަދަކީ އިންޑިއާގެ ބާޒާރަށް އެންމެ މަތީ މަންޒިލެއްގެ ގޮތުގައި މޯލްޑިވްސް ޕްރޮމޯޓްކޮށް، ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ރަނގަޅު ފުރުސަތެއް ހޯދައިދިނުން ކަމުގައި އެވެ.

”މިއަދު ވެސް އިންޑިއާ ފާހަގަކޮށްލެވެނީ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އައުޓްބައުންޑް ޓޫރިޒަމް މާކެޓްތަކުގެ ތެރެއިން އެއް މާކެޓުގެ ގޮތުގައި، އަދި ރާއްޖެއަށް މުހިންމު މާކެޓެއްގެ ގޮތުގައި ދެމިއޮތް. ކުރިއަށް އޮތް މި އިވެންޓަކީ ޝައްކެއްވެސް ނެތް ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނަށް އިންޑިއާގެ މާކެޓާ ގުޅިގެން ރާއްޖެ ދައްކާލުމަށް މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި“

ޓްރެވަލް އެޖެންސީތަކާއި، ޓުއާ އޮޕަރޭޓަރުންނާއި، މީޑިއާތަކާއި، އަދިވެސް އެތައް ކަމެއް ހިމެނޭ ގޮތަށް އިންޑިއާގެ ސިނާއަތުގެ ލީޑަރުންނާ ބައްދަލުކޮށް ނެޓްވޯކް ކޮށްގެން މާނަހުރި ގުޅުންތަކެއް ގާއިމްކުރުމަކީވެސް މި އިވެންޓްގެ މަގްސަދެއް ކަމަށް ޝިއުރީ ވިދާޅުވި އެވެ.

އިންޑިއާގެ ޓްރެވަލް މާކެޓަކީ 2023 ވަނަ އަހަރު ރާއްޖެއަށް އެންމެެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. ނަމަވެސް މިހާރު އިންޑިއާ އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ 6 ވަނައިގަ އެވެ.

ރާއްޖެ - އިންޑިއާ އިންޑިއާ ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ