އިންޑިއާ ކުންފުންޏަކުން އައްޑޫއަށް ޕެރިޝަބަލް މުދާ އެތެރެކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގެ ކުންފުންޏަކުން އައްޑޫ ސިޓީއަށް ޕެރިޝަބަލް މުދާ އެތެރެކުރަން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އިންޑިއާގެ ކުންފުންޏަކުން އައްޑޫއަށް މޭވާއާއި ތަރުކާރީ ފަދަ ހަލާކުވާ ޒާތުގެ ނުވަތަ ޕެރިޝަބަލް ގުޑްސް ގެންނަން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އެމްޕީއެލް އާއި ހިތަދޫ ރީޖަނަލް ޕޯޓު (އެޗްއާރުޕީ) އިން ވަނީ އައްޑޫއަށް ޕެރިޝަބަލް ކާގޯ ދާއިމީގޮތެއްގައި އެތެރެވެވޭނެ އިންތިޒާމުކުރުމަށް މަސައްކަތްތަކެއް ފަށާފަ އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވަނީ މި މަސައްކަތް ފަށާނީ އިންޑިއާގެ ފައިނޭންސް ގްރޫޕް މެދުވެރިވެގެން ކަމަށް މައުލޫމާތު ދެއްވާފަ އެވެ. އޭނާ ވިދާޅުވިގޮތުގައި މީގެ ކުރިން މި ހިދުމަތް ދެވެމުން އަންނަނީ ލަކުޑި ބޯޓު ފަހަރުން ކަން ފާހަގަކުރައްވާފަ އެވެ. އަދި މިގޮތަށް ކަންތައް ކުރުމުން މުދާ އެތެރެވުމުގައި ލަސްތަކެއް ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ. އައްޑޫއަށް މިފަދަ މުދާ އެތެރެކުރަނީ އަހަރުގެ ވަކި ދުވަސްތަކެއްގައި ކަމުން ޕެރިޝަބަލް ގުޑްސް އައްޑޫއަށް ގެންނަން ޖެހެނީ މާލެއިން ކަމަށް ވަޖީހު މައުލޫމާތު ދެއްވި އެވެ.

އިންޑިއާގެ ކުންފުނިން އައްޑޫއަށް ޕެރިޝަބަލް ގުޑްސް ގެންދާނީ ދަގަނޑު ބޯޓު ފަހަރުން ނެވެ. ވުމާއެކު، އައްޑޫއަށް މިފަދަ މުދާ މެދުކެނޑުމެއްނެތި އެތެރެކުރެވޭނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.

މި ދަތުރުތައް ރާވަމުން ދަނީ ކޮންމެ 10 ދުވަހަކާއި 15 ދުވަހަކާ ދެމެދުގެ މުއްދަތެއްގައި ކާގޯ ބޯޓެއް އައްޑޫސިޓީއަށް ދާ ގޮތަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ