ސަރުކާރު ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރުމަށް ރަށް ދޫކުރެވޭ އިސްލާހު ތަސްދީގު ކުރައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ކުރެވޭ ގޮތް ހެދުމަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އެވެ. މި ބިލް ރައީސް މުއިއްޒު ތަސްދީގު ކުރެއްވީ މިއަދު އެވެ.

މި އިސްލާހުގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ކުރެވޭ ގޮތް މަގުފަހިކުރުމަށްޓަކައި، ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ކުރުމަށެވެ.

ޓޫރިޒަމް ގާނޫނުގެ ފަސް ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން ބިމާއި ފަޅު ކުށްޔަށް ދެވެނީ ތިން ގޮތަކަށެވެ. އެއީ އާންމުކޮށް އިއުލާނުކޮށްގެންނާއި ހިންގުމަށް ބޭނުންވާ މަޝްރޫއޫއެއްގެ ތަފްސީލާ އެކު ހުށަހެޅުމުގެ އިތުރުން ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރުމެވެ. މި އިސްލާހުގެ ދަށުން، މި މާއްދާއަށް އިތުރު އަކުރެއްގެ ގޮތުގައި ދައުލަތުގެ ކުންފުންޏަކަށް ރިސޯޓެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ވަކި ޝަރުތުތަކާ އެކު ދޫކުރެވޭ ގޮތަށް ވަނީ ހިމަނާފަ އެވެ. ސަރުކާރު ކުންފުނިތަކަށް މިގޮތަށް ތަންތަން ދޫކުރުމަށް ވަކި ޝަރުތުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން:

  • ވަޒީރުންގެ މަޖިލީހުގެ ނިންމުން: އެސްއޯއީއަކަށް ތަނެއް ދޫކުރަން ވާނީ ވަޒީރުންގެ މަޖިލީހުން ނިންމައިގެންނެވެ. އަދި ދޫކުރާނެ ރަށް، ބިން ނުވަތަ ފަޅު އަދި އެތަނެއް ދޫކުރާނީ ދައުލަތުގެ ކޮން ކުންފުންޏަކަށްތޯ ވެސް ވަޒީރުންގެ މަޖިލީހުން ފާސް ކުރަން ޖެހޭނެ އެވެ.
  • އެއްބަސްވުން: ދައުލަތުގެ ކުންފުންޏަށް އެތަނެއް ދޫކުރެވޭނީ، މި އިސްލާހުގައިވާ ގޮތުގެ މަތިން، ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
  • އެކުއިޒިޝަން ފީ ދެއްކުން: ދޫކުރާ ތަނަށް ދައްކަން ޖެހޭ އެކުއިޒިޝަން ފީ އެ ކުންފުނިން ސަރުކާރަށް ދައްކަން ޖެހޭނެ އެވެ.

މީގެ އިތުރުން، ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރާ ހާލަތްތަކުގައި، މިނިސްޓްރީން ކަނޑައަޅާ ފައިސާ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓު ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ތަރައްގީގެ މަޝްރޫއަކަށް ހަރަދުކުރުމަށް ވެސް ޝަރުތު ކުރެވިދާނެ އެވެ.

މި އިސްލާހާއެކު ޓޫރިޒަމާއި ގުޅޭ ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދެވޭނީ ޓުއާ އޮޕަރޭޓާ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ރާއްޖޭން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ޓުއާ އޮޕަރޭޓަރަކަށް ހިދުމަތްދެވޭނީ ފޮރިން ޓުއާ އޮޕަރޭޓާ ލައިސަންސްއެއް ހޯދުމަށް ފަހު އެވެ. އަދި ފަތުރުވެރިކަމަށް ތަރައްގީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީ ޑެވެލޮޕް ކުރުމަށް ބަންދުކުރެވޭ މުއްދަތުގައި ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން ފަސްކޮށްދިނުމުގެ އިހުތިޔާރު ވެސް މި އިސްލާހާއެކު މިނިސްޓްރީއަށް ލިބެ އެވެ.

މީގެ އިތުރުން ހުއްދަ ހޯދައިގެން ދޭން ޖެހޭ ހިދުމަތެއް ހުއްދަ ނުހޯދައި ދޭނަމަ އެދޭ ހިދުމަތެއްގެ ބާވަތަކާއި މުއްދަތަކަށް ބަލައި އެއްމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާވެސް ކުރެވޭނެ ކަމަށް މި އިސްލާހުގައި ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ