ގދ. ގައްދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގދ. ގައްދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ފަށާފައިވަނީ އެކަމަށްޓަކައި މިއަދު ގައްދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް، ޢަބްދުالله ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ގައްދޫ ދާއިރާގެ މަޖްލިސް މެންބަރު މުޙައްމަދު ޢަލީ އާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އަލްފާޟިލް މުޙައްމަދު ޖަމްޝީދާއި، ގައްދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫޢުގެ ދަށުން، 18,613 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 30 އެނދުގެ ސިއްޙީ ޚިދުމަތްދޭ ބްލޮކެއް ހަދާނެ އެވެ. އަދި 2563 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އެހެނިހެން ޙިދުމަތްދޭ ބްލޮކަކާއި، 3573 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ހަދާނެ އެވެ. މިއީ 101.70 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 600 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

2700 މީހުންގެ އާބާދީއެއް އޮންނަ ގައްދޫގައި މިހާރު ހުންނަނީ ސިއްޙީ މަރުކަޒެކެވެ. ގައްދޫ ހޮސްޕިޓަލްގެ އާ އިމާރާތް ނިމުމާއެކު، ގައްދޫއިން ލިބޭ ސިއްޙީ ފަރުވާ ފުޅާވެ، ގައްދޫ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ބަލިތަކަށް ބޭސްކުރުމުގެ މަގުފަހި ވެގެންދާނެ އެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމައިފަ އެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގދ. ގައްދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ