އިހުސާންގެ ރައްދެއް ޔާމީނަށް: ކަންކަން ރަނގަޅުކުރިނަމަ މިއަދު ތި ވާހަކަދައްކާކަށް ނުޖެހޭނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުލުހުންގެ މުއައްސަސާއާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭގަ ދެއްކެވި ވާހަކަތަކަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަރުގަދަ ރައްދުތަކެއް ދެއްވައިފި އެވެ.

ޔާމީންގެ އަމިއްލަފުޅުު ޕާޓީކަމުގައިވާ ޕީއެންއެފުން، އަމިއްލަފުޅު ގޮކޮޅުގައި ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ފުލުހުން ދިފާއުކުރުމުގެ ހުރިހާ ޒިންމާއެއް އޮތީ އިހުސާނުގެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ވެސް އިހުސާން ފުލުހުން ދިފާއުކުރައްވަންޖެހޭނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި މިނިސްޓަރު އިހުސާންގެ ފަރާތުން ފެންނަނީ ފުލުހުންގެ ތެރެއިން ކަން ނުކުރާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ ވާހަކަ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އިހުސާން ބޭނުންވަނީ ފުލުހުންގެ މުއައްސަސާ އަޑިއަށްދާއިރު، އިތުރަށް އެ މުއައްސަސާ އަޑިއަށް ދުއްވާލުމަށް ކަކމަށް ޔާމީން ވިދާޅުވި އެވެ.

”އޭގެ ބަދަލުގަ އޭނަ ދެއްކިހާ ވެސް ވާހަކައަކީ ފުލުހުންގެ ތެރޭގައި ދެން ކަންކަން ނުކުރާ މީހުންނަކަށް ފަސޭހައެއްނުވާނެއޭ ކަމެއް ނުކޮށް ތިބޭކަށް، މިހާރު އިރޯޑުވެގެން ދާއިރު އޭނާ ވެސް ބޭނުންވަނީ ޝިޕް ސިންކްވެގެން ދާއިރު ހަމަ ސިންކްކޮށްލަން. އެކަމަކު މީނާ ދެއްތޯ މުއައްސަސާ ޑިފެންޑްކުރަން ހުންނަ މީހަކީ،“

ޔާމީންގެ އެ ވާހަކަތަކަށް ރައްދުދެއްވައި އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ ވިދާޅުވީ ފަސް އަހަރުގެ ވެރިކަމަށްފަހު ވަޑައިގެން، ’ސިޓިން ރޫމްގައި ފްރަންޓް އޮފީސް‘ ހިންގަވަމުން ފުލުހުންގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި، އެ ވެރިކަމުގައި ރައީސް އޮފީހުގައި ހުންނަވައިގެން އެކަން ކުރެއްވިނަމަ، މިއަދު އޮންނާނީ ރައްޔިތުން ފުރިހަމައަށް އިތުބާރު ކުރައްވާ ފުލުހުންގެ މުއައްސަސާއެއް ކަމުގަ އެވެ.

މިނިސްޓަރު އަލީ އިހުސާން އިތުރަށް ވިދާޅުވީ، މާތް ﷲގެ އިރާދަފުޅާއެކު މި ފަސް އަހަރު ނިމިގެންދާއިރު، ފުލުހުންގެ މުއައްސަސާ ވާނީ ރައްޔިތުން ފުރިހަމައަށް އިތުބާރު ކުރައްވާ އަދި ރައީސް ޔާމީން ވެސް ފަޚުރުވެރިވެ ވަޑައިގަންނަވާ މުއައްސަސާއަކަށް ކަމުގަ އެވެ.

’އެކަން އަޅުގަނޑުމެން ކުރާނަން.‘ އިހުސާން ވިދާޅުވި އެވެ.

ފުލުހުންގެ ތެރޭގައި ގިނައީ ޤައުމީ ޚިދުމަތުގެ ރޫޙު ހުރި، މި ވަތަން ދެކެ ލޯބިވާ ބޭފުޅުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެ ބޭފުޅުން ކުރައްވާ ޚިދުމަތަށް އެމަނިކުފާނު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެ ވެ.

އިހުސާން ވިދާޅުވީ، އެ ތަނުގައި ހުރި ރަނގަޅުކުރަން ޖެހޭ ކަންކަން ހުރިކަން ދެނެވަޑައިގަންނަވާ ކަމަށާއި، އެކަންކަން ރަނގަޅުކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަމާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސް އަބްދުﷲ ޔާމީން ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ