އެއްކޮޓަރީގެ ފްލެޓް ދޫކޮށްލާ މީހުންނަށް ގޯތި ލިބޭނެ ގޮތަށް ހައްލު ހޯދަދޭނަން: ރައީސް މުއިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

އެއް ކޮޓަރީގެ ފްލެޓް މީގެ ކުރިން ލިބިފައިވާ ފަރާތްތަކަށް އެ ފްލެޓް ދޫކޮށްލުމުން ބޯހިޔާވަހިކަމުގެ އާ މަޝްރޫއަކުން ފުރުސަތު ލިބޭނެ ގޮތަށް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިރޭ ތާޖުއްދީން ސްކޫލުގައި މާފަންނުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސުވާލު ކުރި ފަރާތުން ވަނީ މީގެ 25 އަހަރު ކުރިން އެއް ކޮޓަރީގެ ފްލެޓެއް ލިބިފައިވާ ކަމަށާއި ނަމަވެސް އޭރު އަންހެނުންނާއި އެއް ދަރިފުޅު ގޮވައިގެން އެތާ އުޅެވުނަސް މިހާރު ދެ ކުދިން ތިބި ކަމަށާއި އެއް ކޮޓަރީގައި އުޅެން އުނދަގޫކަމުގެ ވާހަކަ ހިއްސާ ކޮށްފަ އެވެ. އަދި އޭގެ ފަހުން އައި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ލިބުނު ނަމަވެސް ފަހުން އެއް ކޮޓަރީގެ ފްލެޓެއް އޮތްކަމަށް ބުނެ އެ ފްލެޓް ދީފައި ނުވާކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އެ އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލައިގެން ވިޔަސް ކުރިއަށް އޮތް ބޯހިޔާވަހިކަމުގެ މަޝްރޫތަކުން މިކަމަށް ހައްލެއް ހޯދައިދިނުމަށް އޭނާ ވަނީ ރައީސްގެ އަރިހުން އެދިފަ އެވެ.

މިކަމަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކަމަށް ހަމަ ސީރިއަސްކޮށް ވިސްނަވާނެ ކަމަށާއި، މިހާރުވެސް ސަރުކާރުގެ ތެރެއިން މިކަން ބަލަމުންދާ ކަމަށެވެ.

ތި އެއް ކޮޓަރީގެ ފްލެޓް، ސަރުކާރުގެ ހައުސިންގ ސްކީމަކުން ލިބިފައި، ފަރާތްތައް އެތަން ދޫކޮށްލާފައި، މިއަށް އެޕްލައި ކުރެވޭނެތޯ، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ކަންތަކަށް، އީޖާބީ ގޮތެއްގައި، ޕޮޒިޓިވް ގޮތެއްގައި ރަނގަޅު ޙައްލެއް ގެނެސްދޭން، ސަރުކާރުގެ ތެރެއިން މިހާރު އެކަން ބަލަމުން މިދަނީ.

ރައީސް އިތުރަށް ވިދާޅުވީ، އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލާފައި ގޯއްޗަށް ލުމަށް ހަމަ ރަނގަޅު ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، މިކަމާ ބެހޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމަވައި ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން ބޯހިޔާވަހިކަން އެންމެންނަށް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ