ލ. ގަން ބަނދަރުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ނިމިފގައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ، މިހާރު ކުރިއަަށް ދަނީ ގްރޯއިން ޕްރޮފައިލިން އާއި ބެކްފިލިންގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2،501 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެފައިވެ އެވެ.
ލ. ގަން ތުނޑީ ބަނދަރު ތަރައްޤީ ކުރުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 33.4 މިލިއަން ރުފިޔާ އަށެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ލ.ގަން



