ހެލްތް ސެޓްފިކެޓް ނެތި ކާބޯތަކެތި އެތެރެކުރި މައްސަލަ: ދެ މީހެއްގެ މައްޗަށް ދަޢުވާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ދެ ފީލްޑް އޮފިސަރުންގެ މައްޗަށް، ހެލްތް ސެޓްފިކެޓް ނެތި ކާބޯތަކެތީގެ ޝިޕްމަންޓްތައް އެތެރެކުރުމަށް ކްލިއަރެންސް ދިނުމުގެ ތުހުމަތުގައި، ޖިނާއީ ދަޢުވާކޮށްފި އެވެ.

ޕީޖީ އޮފީހުން މި ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 3 ޑިސެންބަރު 2025 ގަ އެވެ.

މި މައްސަލައިގައި ދަޢުވާކުރެވޭ ދެ މީހުންނަކީ، ދަފްތަރު ރސ 9244، އަޙްމަދު ހާޝިމް އަދި ގދ. ތިނަދޫ، ޢަރަފާތު، އަޙްމަދު ޒާހިރެވެ. މި ދެ މީހުންގެ މައްޗަށްވެސް ދަޢުވާކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 512 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ 03 (ތިނެއް) ދަޢުވާ އެވެ. ކޮންމެ ދަޢުވާއަކަށް 4 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހުގެ އަދަބެއް ކަނޑައެޅުމަށް އެދިފައިވެ އެވެ.

ތުހުމަތުކުރެވޭ ގޮތުގައި، 2025 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި، ޕޯޓް ކްލިއަރަންސްގައި މަސައްކަތްކުރާ މި ފީލްޑް އޮފިސަރުން ވަނީ، ދިވެހިރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތް ސެޓްފިކެޓާ ނުލައި، ކަނޑުމަގުންނާއި، ވައިގެ މަގުން އެތެރެކޮށްފައިވާ ޝިޕްމަންޓްތަކެއް އެތެރެކުރުމަށް ކްލިއަރެންސް ދީފަ އެވެ. މި ޢަމަލަކީ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތަކާ އުޞޫލުތަކާ ޚިލާފު ޢަމަލެއްކަމަށް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ ދަޢުވާލިބޭ މީހުންގެ ފަރާތުން އެ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅާފައިވީ ނަމަވެސް، މި ކުށަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށްވާތީ، ޢާންމު މަސްލަޙަތު ވަޒަން ކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހެދުމަށް ނިންމާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ