ސަނީ އުމަރުގެ ބަންދަށް 30 ދުވަސް ޖަހައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ހުސައިން ސަނީ އުމަރު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން މައުލޫމާތު ދިން ގޮތުގައި އެ އޮފީހުން ވަނީ މިއަދު ވަނި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ހުސައިން ސަނީ އުމަރު 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ހުށަހަޅާފަ އެވެ. އަދި މިފަދައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ 33 އަދި 49 ވަނަ މާއްދާއަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށް ވެސް ޕީޖީ އިން ބުނެފައިވެ އެވެ.

ޕީޖީ ގެ މި ހުށަހެޅުމަށް ކްރިމިނަލް ކޯޓުން ވަނީ ސަނީ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށާއި މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ޤަޞްދުކުރާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި، ސަނީ ރާއްޖެ އައުމާއެކު، އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓް (އެފްސީޕީ)އަށް ހާޒިރުކުރި އެވެ. ސުވާލުކުރުމަށް ފަހު ދޫކޮށްލުމުން، ސަނީ އުމަރު ވަނީ ރާއްޖެ ދޫކޮށް ފިލައިގެން ދާން މަސައްކަތްކޮށްފަ އެވެ. މި މަސައްކަތުގެ ތެރެއިން އޭނާ ރާއްޖޭން ބޭރަށް ފުރަން އެއާޕޯޓުގައި ހުއްޓާ ފުލުހުން އަނެއްކާވެސް ހައްޔަރުކުރި ނަމަވެސް ފަހުން އޭނާ ދޫކޮށްލި އެވެ. އަދި ރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ހައްޔަރުކޮށްފަ އެވެ.

ޑރ. ސަނީ އުމަރަކީ މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއެއް ހިންގާ އަދި ހަލާލް ޓޫރިޒަމް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ. އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން، ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ ގައި އޮތް އޭނާގެ ހިއްސާ އަތުލައި ކުންފުނިން ވަކިކުރަން ވެސް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް ސަނީ އުމަރު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ