”ފައިސަލާ“ ނަމަކަށް ކިޔާ ބޯޓެއް ކ. ކާށިދޫ ފަރަށް އަރަައި، އެ ބޯޓުން ދަތުރުކުރި ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 19:52 ހާއިރު އެވެ.
ފުލުހުން ބުނި ގޮތުގައި، ”ފައިސަލާ“ ބޯޓު ފަރަށް އަރާފައިވަނީ ކ. ކާށިދޫގެ ދެކުނު ފަރާތު ފަރަށެވެ. މި ހާދިސާ ހިނގިއިރު އެ ބޯޓުގައި ޖުމްލަ 11 ފިރިހެނުން ތިއްބެވެ. އޭގެތެރޭގައި ހިމެނެނީ 5 ދިވެހިންނާއި 6 ބިދޭސީންނެވެ. ގެއްލިގެން ހޯދަމުންދަނީ މި ބިދޭސީންގެ ތެރެއިން އެކެކެވެ.
ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ކަނޑަށް ވެއްޓި، އެ ސަރަހައްދުގައި އޮޔާ ދިއުމުގެ ސަބަބުން، އެ ސަރަހައްދުން ދަތުރުކުރާ އެންމެހާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި ފުލުހުންގެ މެރިން ޕޮލިސް ޔުނިޓާއި ކޯސްޓްގާޑް ގުޅިގެން ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.



