ނަސްރުގެ ދުވަހާއި ގުޅިގެން މާދަމާ އާއި އޭގެ އަނެއް ދުވަހު ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ސާވިސް ކައުންޓަރުތައް ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ނަސްރުގެ ދުވަހާއި ގުޅިގެން އެ ކުންފުނީގެ ސާވިސް ކައުންޓަރުތައް ނޮވެމްބަރު 2 އަދި 3 ވަނަ ދުވަހު ބަންދުވާނެ ކަމަށެވެ.
ސާވިސް ކައުންޓަރުތައް ބަންދުވި ނަމަވެސް ސްޓެލްކޯގެ ކޯލް ސެންޓަރުގެ ހިދުމަތް މެދުނުކެނޑި ލިބޭނެ ކަމަށް މައުލޫމާތުދީފައިވެ އެވެ. ސްޓެލްކޯގެ ކޯލް ސެންޓަރަށް ގުޅޭ ނަންބަރަކީ 1545 އެވެ.
ނަސްރުގެ ދުވަހާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނޮވެމްބަރު ދެ ވަނަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފަ އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަަނަ ދުވަހު ދިވެހި ޚާއިންނުންނާއި ބޭރުގެ ޓެރަރިސްޓުންގެ ޖަމާޢަތެއް ގުޅިގެން ދިން އުދުވާނީ ހަމަލާއިން، ދިވެހިންނަށް ނަސްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.
