3 ވަނަ ކުއާޓަރުގައި އުރީދޫއަށް އާމްދަނީގެ ގޮތުގައި 549 މިލިއަން ރުފިޔާ

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް އާމްދަނީގެ ގޮތުގައި 549 މިލިއަން ރުފިޔާ ލިބިފައިވާކަން މާލީ ހިސާބުތައް ދައްކައިފި އެވެ.

އުރީދޫގެ މާލީ ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީވަނީ އޭގެ ކުރީ ކުއާޓަރުގައި ލިބުނު އާމްދަނީއަށްވުރެ %1 އިތުރު ވެފަ އެވެ.

މި މުއްދަތުގެ ތެރޭގައި އުރީދޫއށް ސާފު ފައިދާގެ ގޮތުގައި 180 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އުރީދޫން މައުލޫމާތުދޭ ގޮތުގައި މި ކުއާޓަރުގައި އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ.

އެގޮތުން މޯބައިލް ހިދުމަތްތަކުން 404 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އަދި ފިކްސްޑް ބްރޮޑްބޭންޑް، އެންޓަޕްރައިޒް ހިދުމަތްތަކުން 143 މިލިއަން ރުފިޔާގެ އާމްދަނީއެއް ވެސްވަނީ ލިބިފަ އެވެ.

އުރީދޫންއިން އަންނަނީ އެ ކުންފުނީގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހާއްސަކޮށް ގިނަ ހިދުމަތްތަކެއް ތައާރަފުކުރަމުންނެވެ. އަދި ކަސްޓަމަރުންނަށް ހާއްސަ ގިނަ ހަރަކާތްތައް ވެސް އުރީދޫއިން ކުރިއަށް ގެންދެ އެވެ.

އުރީދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ