ނަސްރުގެ ދުވަހުގެ ފަރިތަކުރުންތަކެއް މާލޭގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި، މިރޭ މާލޭގައި ބްލޭންކްސް ފަޔާކުރާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މިރޭ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓްކުރުމުގެ ފަރިތަކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ފަރިތަކުރުމުގެތެރެއިން ޝަހީދުންގެ ބިނާ ކައިރީގައި މިރޭ 20:15 އާއި 22:00 އާ ދެމެދު ބްލޭންކްސް ފަޔާކުރާނެ ކަމަށާއި އެހެންކަމުން އެކަމަށް އާންމުން ސަމާލުވުމަށް އެމްއެންޑީއެފްއިން އެދިފައިވެ އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަަނަ ދުވަހު ދިވެހި ހަ ޚާއިންނުންނާއި ބޭރުގެ ޓެރަރިސްޓުންގެ ޖަމާޢަތެއް ގުޅިގެން ދިން އުދުވާނީ ހަމަލާއިން، ދިވެހިންނަށް ނަސްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.
