ހިޔާޓަވަރަކުން މީހަކު ވެއްޓި ނިޔާވެއްޖެ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 8:32 އެހާ ކަން ހާއިރު އެވެ.
މި ހާދިސާ ގައި ހިޔާ ޓަވަރަކުން ވެއްޓި ނިޔާވެފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ.
އެ މީހާ ވެއްޓުނީ ހިޔާގެ އަށްވަނަ ޓަވަރުން ކަމަށާއި، އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.



