ދުންފަތް މަނާކުރާ ”ޖެނެރޭޝަން ބޭން“ އަށް ކައުންޓްޑައުން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާ ”ޖެނެރޭޝަން ބޭން“ އަށް ޢަމަލުކުރަން ފެށުމާ ގުޅިގެން، އެކަމުގެ ޚާއްސަ ކައުންޓްޑައުން ޕްރޮގްރާމެއް ފަށައިފި އެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖޭގެ އެހެނިހެން މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ މި ކައުންޓްޑައުން ޕްރޮގްރާމުގައި، ޖެނެރޭޝަން ބޭން އާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއެކު، އެކި ބާވަތުގެ ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އަންނަ މަހު ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށެންދެނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނުގެ ދަށުން ގެނެވުނު މި ބަދަލާއެކު، 2007 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް އިސްތިއުމާލުކުރުން މަނާވެގެންދާނެ އެވެ. މީގެ އިތުރުން، އެ އުމުރުފުރައިގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި، އޭގެ ވިޔަފާރީގައި ބައިވެރިވުންވެސް މަނާވެގެންދާނެ އެވެ.

އައު ޤާނޫނުގެ ދަށުން، ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި، އެފަދަ އެއްޗެހި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ގެންގުޅުމާއި ބޭނުންކުރުންވެސް މަނާވެގެންދާނެ އެވެ. އަދި 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުންވެސް މަނާވެގެންދާނެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިއީ އެންމެ ފާހަގަކޮށްލެވޭ އެއް ފިޔަވަޅެވެ. މި ޖެނެރޭޝަން ބޭން ތަޢާރަފުކުރުމަށް ނިންމި ނިންމުމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ މަރުހަބާ ކިޔާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ