ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ އިންތިޒާމު ހަމަޖެހިއްޖެ: އިކޮނޮމިކް މިނިސްޓްރީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

މި ޚިދުމަތް ތައާރަފުކުރުމަށް ޕޭޕަލްއާއި އުރީދޫ ފިންޓެކް ގުޅިގެން މަސައްކަތްކުރާނެ ކަމަށް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާއިރު، މި ޚިދުމަތް 2026 ވަނަ އަހަރު ތައާރަފުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގުތިސާދަށް ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައި އެއް ލަނޑުދަނޑި ހާސިލްވުން ކަމަށެވެ.

މި ޕާޓްނަރޝިޕްގެ ދަށުން، ރާއްޖޭގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕަލްގެ ޚިދުމަތް ގަބޫލުކުރާ ހުރިހާ ވިޔަފާރިތަކާއެކު މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި އެމްފައިސާ މެދުވެރިކޮށް ޕޭޕަލް އެކައުންޓްތަކުން ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ އެވެ.

މިފަދަ ހިދުމަތްތައް ގައުމުތަކުގައި ފަށައިގަތުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ގިނަކަމާއި، ފަންނީ އަދި މާލީ މިފަދަ ޒަމާނީ މުއާމަލާތްތައް ކުރުމުގައި ރާއްޖެ ފަދަ ގައުމުތަކަށް ޒަމާނުއްސުރެ ކުރިމަތިވެފައި ހުރި ދަތިތަކުން އަރައިގަނެ، މިފަދަ ބައިނަލްއަގުވާމީ ހިދުމަތްތައް ރާއްޖޭގައި ފަށައިގަތުމަށް މި ސަރުކާރުން ބޮޑު އިސްކަމެއް ދީ، އެތަށް ގޮންޖެހުންތަކެއް ކުރިމަތިވެ، އެ ހުރަސްތައް ކަޑައްތުކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މި ހިދުމަތް ތައާރަފް ކުރުމަށްޓަކައި ޕޭޕަލް އާއި ކަމާ ބެހޭ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ފާއިތުވި 2 އަހަރުގެ ތެރޭގައި ކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށިގެން ދިއުމަކީ މާލީ ނިޒާމު ހަރުދަނާ ކުރުމަށާއި އިޖާދީ ޑިޖިޓަލް ހައްލުތައް ހޯދޭނެ ފަދަ މާލީ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އުރީދޫ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ޕޭޕަލްގެ ހިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ