ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.
ޔޫތް އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ 29 ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ވަނީ މި މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް އިތުރުކޮށްފަ އެވެ.
ޒުވާނުންގެ އެވޯޑަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އަހަރުގެ ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 12 ދާއިރާ އަކުން އިނާމު ދިނުމަށް ކަނޑައަޅާފައިވެ އެވެ. މި އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބޭނެ ކަމަށް މިނިސްޓްރީ އިން ބުނެފައިވެ އެވެ.
އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:
- ވިޔަފާރިއާއި އިގްތިސާދު
- އާރޓްސް އެންޑް ކަލްޗަރ – ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
- މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
- ވޮކޭޝަނަލް ޓްރެއިނިންގ – ދަސްކޮށްދިނުން
- ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
- ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
- މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
- ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
- ފަންނިއްޔާތުގެ ދާއިރާ – ޓެކްނޮލޮޖީގެ ދާއިރާ
- ފަތުރުވެރިކަމުގެ ދާއިރާ
- ކޮންސްޓަރކްޝަން އެންޑް އިފްރާސްޓްރަކްޗަރ ދާއިރާ
މި އިނާމަށް ނަން ހުށަހެޅުމަށް އެދި ހުށަހަޅަން ޖެހޭ ފޯމު މި ލިންކުން ލިބޭނެ އެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ޒުވާނުންގެ އެވޯޑް



