ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލް: ވަން ޓަޗް ބަލިކޮށް، ހޭންޑްބޯޅަ ޗެމްޕިއަންކަން ބެންކޮކް ރަނިންނަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިއްގަރު ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލްގެ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލުގައި ވަން ޓަޗް ބަލިކޮށް، ބެންކޮކް ރަނިންނުން ޗެމްޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލަށް ބެންކޮކް ރަނިން ދަތުރުކުރީ ފުރަތަމަ ބުރުން އެއްވަނަ ހޯދައިގެނެވެ. އަދި ވަން ޓަޗް ފައިނަލުން ޖާގަ ހޯދީ ސެމީގައި ޓީއޯއެފް ބަލިކުރުމަށްފަހުއެވެ.

ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ބެންކޮކް ރަނިންނުން ކާމިޔާބުކުރީ 8-5 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބެންކޮކް ރަނިންގެ ލީޒާ އަބްދުލް އަޒީޒެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީވެސް ބެންކޮކް ރަނިންގެ ލީޒާ އެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ލީޒާގެ އިތުރުން އެ ޓީމުގެ ހައްވާ ރާމިޔާ އާއި ވަން ޓަޗްގެ ފާތިމަތު އަހުމަދާއި އާއިޝަތު މިލްނާ ހުސައިންގެ އިތުރުން ޓީއޯއެފްގެ ޝާއިރާ އިސްމާއިލް ރަޝީދާއި ހަދީޖާ ރީމާ އަދި އެޗްއެޗްބީގެ މުޒްނާ އަބްދުއް ރަޝީދެވެ.

މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ވަން ޓަޗްގެ އާމިނަތު ޒައިނާ އިކްލީލް އެވެ. އެންމެ މޮޅު ކޯޗަކީ ބެންކޮކް ރަނިންގެ ސޯލިހު ހަސަން އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވަން ޓަޗްގެ ފާތިމަތު އަހުމަދެވެ. އޭނާ ވަނީ މުބާރާތުގައި ޖުމްލަ 53 ލަނޑު ޖަހާފައެވެ.

މިއަހަރުގެ ހޭންޑްބޯޅަ މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ނޯ ޗޮއިސް އެވެ.

ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ