ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކ. ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

މިފަހަރު ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

މިނިސްޓްރީން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ރިސޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ކާށިދޫ ފަޅުގައި ހިމެނޭ ”73°26’57.14″E 4°58’5.86″N“ ސަރަހައްދުން 10 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މި ރަށުގައި 100 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭއިރު، 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރެވޭ މި ރަށަށް ބީލަން ކާމިޔާބުކުރާ ފަރާތުން މަދުވެގެން 2.25 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަންޖެހެއެވެ.

ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000 ޑޮލަރު ހުށަހަޅަންޖެހޭއިރު، ރިސޯޓް ތަރައްގީކުރުމަށް ބޭނުންވާ ޖުމްލަ އިންވެސްޓްމަންޓްގެ މަދުވެގެން 20 ޕަސެންޓް ހުރިކަން ސާބިތުކޮށްދޭ ލިޔުންތައްވެސް ހުށަހަޅަންޖެހެއެވެ. ކޮންމެ ކޮޓަރިއަކަށް 75,000 ޑޮލަރުގެ މަގުން އިންވެސްޓްމަންޓް ހިސާބުކުރެވޭނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިއީ ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމަށް މި އަހަރު ތެރޭގައި ކުރެވޭ ދެވަނަ އިއުލާން ކަމެވެ. މީގެ ކުރިން މިދިޔަ އޭޕްރީލް މަހުވެސް މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފައިވެއެވެ.

ކާށިދޫގައި ރިސޯޓެއް ތަރައްގީކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާއިރު، މި ވަގުތު ކާށިދޫއަކީ ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ރަށެއް ނޫނެވެ. އަދި އެ ރަށުގައި މި ވަގުތު ހުރީ މަދު ގެސްޓް ހައުސްތަކެކެވެ. މި މަޝްރޫއު ފެށުމުން ރަށުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރެވެއެވެ.

ކ. ކާށިދޫ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ