އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ހުޅުވާލި ފުރުސަތު: 43 ރަށެއްގެ މަޢުލޫމާތު މިނިސްޓްރީއަށް ލިބިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ އެހީގައި އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ހުޅުވާލި ފުރުސަތާ ގުޅިގެން 57 ރަށުގެ ތެރެއިން 43 ރަށެއްގެ މައުލޫމާތު ލިބިފައިކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއިން ބުނެފި އެވެ.

މިނިސްޓްރީން ދައުލަތުގެ މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައިވަނީ، މައުލޫމާތު ލިބިފައިވާ ރަށްތަކުގެ މަޝްރޫއުތައް މިހާރު ދަނީ ޕްރީ ކޮލިފިކޭޝަން އިވެލުއޭޝަން މަރުހަލާގައި ކުރިއަށް ކަމަށެވެ. މި މަރުހަލާގައި ކުރިއަށްދާނީ ކޮންޓްރެކްޓަރުން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އެކަމަށް ބޭނުންވާ މާލީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތްތައް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކޮންޓްރެކްޓަރުން ހޯދުމަށް މިހާރު ވަނީ އިއުލާނު ކުރެވިފައެވެ. މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މަޝްރޫއުތައް ބަހާލެވިފައިވަނީ ހަތަރު ކެޓަގަރީއަކަށެވެ.

މިގޮތުން 50 ހައުސިން ޔުނިޓަށްވުރެ މަދު ޔުނިޓް ހިމެނޭ މަޝްރޫއުތަކަށް ކުރިމަތިލެވޭނީ ހަމައެކަނި ދިވެހި ކޮންޓްރެކްޓަރުންނަށެވެ. ނަމަވެސް 51 ޔުނިޓުން ފެށިގެން 150 ޔުނިޓާއި، 200-250 އާ ދެމެދުގެ ހައުސިން ޔުނިޓްތަކާއި، 300 އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތަށް ރާއްޖެއާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް ކުރިމަތިލެވޭނެއެވެ.

މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި މި ފުރުސަތަކީ އަތޮޅުތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ތެރެއިން އެ ރަށްތަކުގެ ރައްޔިތުންނަށް ހުޅުވާލެވުނު ފުރުސަތެކެވެ. އަދި މިހާތަނަށް 14 ރަށެއްގެ މައުލޫމާތު ނުލިބޭކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ