މަޖިލީހުގެ ދައުރުން ބޭރު އިތުރު ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބާއްވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި އިތުރު ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލިސް މި ވަގުތު ޗުއްޓީގައި އޮތްއިރު، ދައުރުން ބޭރުގައި އިތުރު ޖަލްސާއެއް ބޭއްވުމަށް މަސައްކަތްކުރަމުންދަނީ އަންނަ ހޯމަ ދުވަހު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާ ބޭއްވުމަށް ނިންމީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ރައީސުން އައްޔަނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

މީގެއިތުރުން މަޖިލީހަށް ހުށަހަޅާފައިވާ ފެންނަ ނުފެންނަ ވޯޓުނެގުމުގެ ބިލްގެ މަސައްކަތްތައްވެސް ކުރިއަށްގެންދާނެ ކަމަށްވެސް ބެލެވެ އެވެ.

މިފަހުން ވެސް މަޖިލީހުން ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވާފައިވެ އެވެ. އެ ދުވަހުގެ ޖަލްސާގައި އެޗްއާރްސީއެމް އަދި ސީއެސްސީ އަށް މެންބަރުން އައްޔަނު ކުރުމުގެ މަސައްކަތުގެ އިތުރުން މީޑިއާ ބިލްގެ މަސައްކަތް ކުރިއަށްގެންގޮސްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް ބާއްވަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ