ޝަމްއާނާއެކު ހައްޔަރުކުރި ލައްސާނަށް ލުއި އަދަބެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާން ވަހީދާ އެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކަށް ލުއި އަދަބެއްދީ އޭނާގެ މައްސަލަ ނިންމާލައިފި އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ.

މިދިޔަ ރޯދަ މަހު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ފުލުހުން ތުހުމަތުކުރާ މައްސަލައިގައި އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ހިމެނޭހެން ފަސް މީހުން ހައްޔަރުކުރި އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ލުއި އަދަބު ދީފައިވަނީ މ. ހަޒާރީވިލާ، އަހުމަދު ލައްސާން (40) އަށެވެ. ލައްސާންގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށާއި ފޭރުމުގެ ކުށުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފަ އެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައިގައި ލައްސާނަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމަކާއެކު 14،400 ރުފިޔާގެ ޖޫރިމަނާއެއް ކޮށްފައިވެ އެވެ. އަދި ފޭރުމުގެ މައްސަލައިގައި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކާއެކު 14،400 ރުފިޔާގެ ޖޫރިމަނާއެއް ކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހްސާން ޖުލައި 9 ވަނަ ދުވަހު ކުރި ހުކުމުގައި، މައްސަލައިގެ ހުކުމްކުރުމުގެ ކުރިން ލައްސާން ހުރި ބަންދު ދުވަސްތައް ޖަލު ހުކުމުން އުނިކުރެވޭނެ ކަމަށް ވެސް ނިންމާފައިވެ އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ޝަމްއާން ވަހީދު މިހާރު ވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

ކްރިމިނަލް ކޯޓު އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ