ސަހަރާގައި ހުރި ގަސްތައްނަގަނީ މީހުންނާއި، މީހުންގެ މުދަލަށް ގެއްލުންވެދާނެތީ: މޭޔަރ އާޒިމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހެންވޭރު ސަހަރާގައި ހުރި ފާރު ވެއްޓެނީ ކަމަށާއި، އެ ސަހަރާގައި ހުރި ގަސްތައްނަގަނީ މީހުންނާއި، މީހުންގެ މުދަލަށް ގެއްލުންވެދާނެތީ ކަމަށް މާލެސިޓީ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ޖަވިޔަނި ނޫހަށް މައުލޫމާތު ދެއްވަމުން މޭޔަރ ވިދާޅުވީ، ގަލޮޅު ސަހަރާގައި ސާފުކުރީ ގަބުރު ނެތް ސަރަހައްދު ކަމަށާއި، މިހާރު އެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

”ހޭންވޭރު ސަހަރާ ފާރުތައް އެ ވެއްޓެނީ. އެހުރީ 3 ލޭޔަރަށް ވެލިއަޅާފަ އެންމެ މަތީ ލޭޔަރުގައި ގަސްއިންދާފަ. އަދި ހުރީވެސް ފާރު ކައިރީގަ. ބޮޑެތި ގަސްތައްވީމަ ބޮޑުވެގެން ފާރު ވައްޓާލަނީއެ. ވެއްޓި މީހަކަށް އަނިޔާވެ މުދަލަށް އަނިޔާވުމުގެ ކުރިން އަޅުގަނޑުމެން އެބަޖެހޭ އެގަސްތައް ނަގައި އެހެންތަނަކަށް ބަދަލު ކުރަން.“

މާލެ ސިޓީ ކައުންސިލުން ގަހެއް ކަންޑާފައިވާނަ އެ ކެނޑި ގަހަކަށް 2 ގެސް އިންދާފައިވާނެ ކަމަށްވެސް މޭޔަރ ވިދާޅުވެފައިވެ އެވެ. އަދި މިހާތަނަށް ނެގި ކޮންމެ ގަހަކަށް 2 ގަހަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށްވެސް މޭޔަރ ވިދާޅުވި އެވެ.

މޭޔަރ ވިދާޅުވީ، މާފަންނު ސަހަރާ ސާފުކުރުމުގެ މަސައްކަތް އަންނަ ހޮނިހިރުދުވަހު ނިމޭނެ ކަމަށާއި، ނިމުމުން އެތެރޭ ލޭޔަރގައިވެސް ގަސް އިންދާނެ ކަމަށެވެ. އަދި މިތަނަކީ ވަރަށް ރީތި ފެހި ތަނަކަށް ބަދަލުވެގެން ދާނެ ކަމަށްވެސް މޭޔަރ ވިދާޅުވި އެވެ.

އެނެމެ ބޮޑަށް ވިސްނަނީ ދީނުގައި އޮންނަގޮތަށް ކަންތައްތައް ކޮށްދޭން ކަމަށްވެސް މޭޔަރ ވިދާޅުވި އެވެ. އެގޮތުން މުޖުތަމައައް ބޭނުންވާ ކަންކަމަށް ސަހަރާ ނެގޭނެ ކަމަށް ބުނެފައިވާ ކަމަށާއި، އެހެންކަމުން މުޖުތަމައައް ބޭނުންވާ ކަންކަން ނިންމާނީ ސަޓީ ކައުންސިލުން ކަމަށްވެސް މޭޔަރ ވިދާޅުވި އެވެ.

އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ މާލެ ސިޓީ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ