ރައީސްގެ އިރުޝާދުގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް އިތުރު ޑޮލަރު ވިއްކަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ މި ނިންމުމަކީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، 1 އޮގަސްޓު 2025 އިން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާ ކަމަށެވެ.

މީގެ އިތުރުން އަމިއްލަ ޚަަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް މި ތާރީޚުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށްވެސް ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާފައިވާކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މި ނިންމުމާއެކު، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ދިމާވަމުންދާ ގިނަ ދަތިތަކަކަށް ހައްލު ލިބިގެންދާނެ އެވެ. އަދި މިކަމަކީ ޚާއްސަކޮށް އެންސްޕާ ޕޭޝަންޓުންނަށާއި އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށްވެސް ފާހަގަކުރެވެ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާސަންދަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ