މާފަރު އެއާޕޯޓްގެ ތަރައްގީއަށް ގިނަ ޕްލޭންތަކެއް އެބަހުރި، ގެންނާނީ ވަށާޖެހޭ ތަރައްޤީއެއް: ރައިސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ނ. މާފަރު އެއާޕޯޓުގެ ތަރައްގީއަށް ގިނަ ޕްލޭންތަކެއް ރާވާފައި ހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިކަން ރައީސް ފާހަގަކުރެއްވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާޠަބުކުރައްވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، މާފަރު އެއާޕޯޓް މިހާރު ވަނީ އެކަށީގެންވާ ފެންވަރުގެ ރަންވޭއަކާއެކު ހުޅުވިފައެވެ. ނަމަވެސް، އިންޓަނޭޝަނަލް އެއާޕޯޓެއްގެ ފެންވަރަށް އެތަން ތަރައްގީ ކުރުމަށް އިތުރު ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އެކަށީގެންވާ ފެންވަރެއްގެ ޓާމިނަލް އިމާރާތެއް ގާއިމުކުރުމެވެ.

ނ. އަތޮޅަކީ މިހާރުވެސް ގިނަ ރިސޯޓުތަކެއް ހުރި އަތޮޅެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ރިސޯޓުތަކެއް ތަރައްގީވާނެ ކަމަށް ބެލެވޭތީ، އެއާޕޯޓުގެ ތަރައްގީއަށް އިތުރު ކަންކަން ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، އެއާޕޯޓު ތަރައްގީކުރުމަށް ރޭވިފައިވާ ޕްލޭންތަކާ ގުޅޭގޮތުން މަސައްކަތްތައް ކުރި ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އެފަރާތްތަކުންވެސް ދަނީ ދިރާސާތައް ކުރަމުން ކަމަށް ރައީސް ހާމަކުރެއްވިއެވެ.

”އެއާޕޯޓުގެ ތަރައްގީއަށް ވަރަށް ގިނަ ކަންކަން އަޅުގަނޑުމެން ޕްލޭން ކުރަމުން މިދަނީ،“ ރައީސް ވިދާޅުވިއެވެ.

މާފަރު އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢަށް ޖުމުލަ 60 މިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށާއި، މިއީ އަބޫދާބީ ހިލޭ އެހީގެ ދަށުން ހިންގި މަޝްރޫޢެއް ކަން ފާހަގަކޮށްލެވެއެވެ. އެއާޕޯޓު ތަރައްގީކޮށްފައިވަނީ އެއަރބަސް އޭ320 އާއި ބޮއިން 737 ފަދަ ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސޭ ފެންވަރަށެވެ.

ނ. މާފަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ