ދުންފަތާއި ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތް ފާހަގަކޮށް، ދުނިޔޭ ސިއްހަތު ޖަމިއްޔާގެ އެވޯޑެއް ރައީސްއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅުވައިގެން، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޚާއްޞަ އެވޯޑެއް ދެއްވައިފި އެވެ.

މި އެވޯޑަކީ ދިވެހި ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކޮށް، ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވި އެވޯޑެކެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް ވަނީ، ރައީސް މުޢިއްޒު ދައްކަވަމުން ގެންދަވާ ނަމޫނާ ލީޑަރޝިޕާއި ދުރުވިސްނުންފުޅަށް ތަޢުރީފުކުރައްވާ ރަސްމީ މެސެޖެއް ފޮނުއްވާފަ އެވެ. އެ މެސެޖުގައި ރައީސް މުޢިއްޒު ދިވެހި ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައިވެ އެވެ.

—- ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ ޓެޑްރޯސްގެ ހާއްސަ މެސެޖް

ދުންފަތުގެ އިސްތިޢުމާލު ހުއްޓުވުމަށާއި އަލަށް ތަޢާރަފުވަމުން އަންނަ ނިކޮޓިންގެ ބާވަތްތައް ފެތުރުން މަދުކުރުމަށް ދިވެހި ސަރުކާރުން ގެންނަވާފައިވާ އެތައް ބަދަލުތަކެއް ޑަބްލިއުއެޗްއޯ އިން ވަނީ ފާހަގަކުރައްވާފަ އެވެ. މީގެ ތެރޭގައި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނެވުނު މުހިންމު އިޞްލާޙުތަކާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް އާލާތްތައް އެތެރެކުރުން މަނާކުރުން ހިމެނެ އެވެ.

އޭގެެއިތުރުން ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ޤާނޫނީ އުމުރުފުރާ 21 އަހަރަށް އިތުރުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރކުރުން މަނާކުރުންވެސް ހިމެނެ އެވެ. އަދި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއި، ދުންފަތުން ލިބޭ ގެއްލުންތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާކަން ފާހަގަކުރެވެ އެވެ.

ޑަބްލިއުއެޗްއޯ އިން ފާހަގަކުރައްވާ ގޮތުގައި، މިއީ ހަމައެކަނި ދިވެހިރާއްޖެއަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. މިއީ ދުންފަތުގެ ނުރައްކަލުން ސަލާމަތްވުމަށް މަސައްކަތްކުރާ އެހެން ޤައުމުތަކަށްވެސް ނަމޫނާއެކެވެ. އަދި މިއީ މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ޞިއްޙަތާއި ދުޅަހެޔޮކަން އިތުރުކޮށްދޭނެ ތަސައްވުރެއްކަމުގައި އެ ޖަމުޢިއްޔާއިން ދެކެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ