ޑަބްލިއުއެޗްއޯގެ އާ ރެޕްރެޒެންޓޭޓިވް، އޭނާގެ މަގާމުގެ ފަތްކޮޅު މިނިސްޓަރ ހަލީލަށް އަރުވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ދިވެހިރާއްޖެއަށް އައްޔަންކުރެއްވި އާ ރެޕްރެޒެންޓޭޓިވް މިސް ޕޭޑެން، އޭނާގެ މަގާމުގެ ފަތްކޮޅު މިއަދު މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ހަލީލަށް އަރުވައިފި އެވެ.

މިކަން ހާމަކުރައްވަމުން މިނިސްޓަރ ހަލީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއަދު ލިބިވަޑައިގެންނެވި ޝަރަފަކީ ދިވެހިރާއްޖެއަށް އައްޔަންކުރެވުނު ޑަބްލިއުއެޗްއޯގެ އާ ރެޕްރެޒެންޓޭޓިވްގެ ކްރެޑެންޝަލް ސިޓީ ބަލައިގަތުން ކަމަށެވެ.

މިނިސްޓަރ ހަލީލު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޑަބްލިއުއެޗްއޯ އަކީ ދިވެހިރާއްޖެގެ ދިގު މުއްދަތެއްގެ ޕާޓްނަރެކެވެ. އަދި ޞިއްޙީ ނިޒާމު ވަރުގަދަކުރުމުގައާއި، މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމުގައާއި، މުހިންމު ޞިއްޙީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެ ޖަމްޢިއްޔާއިން ވަނީ އަސާސީ ދައުރެއް އަދާކޮށްފައި ކަމަށެވެ.

އައު ރެޕްރެޒެންޓޭޓިވްގެ ތަޖުރިބާއާއި ލީޑަރޝިޕްގެ ސަބަބުން ޑަބްލިއުއެޗްއޯ އާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، އައު ހަރުފަތްތަކަކަށް ވާސިލުވާނެކަމުގެ ޔަގީންކަން އޮތްކަމަށް މިނިސްޓަރ ހަލީލު ވިދާޅުވި އެވެ. އަދި މިކަމުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރ ދެއްވި އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ