މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މީހާ ދޫކޮށްލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމްޑީޕީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

މަންދީ ގެޔަށް ދިޔަ މަގުމަތީގައި ހެލްމެޓް އަޅައިގެން ސައިކަލުގައި ދިޔަ ބަޔަކު އޭނާ އަށް ފާރަލަމުން އައިސް އޭނާގެ ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ގަ އެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ، ސަލްޓަން ވިލާ، އަހުމަދު ރިޝްމާހް (20އ)އެވެ.

އެންމެ ފުރަތަމަ އޭނާ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން، ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން، ކުށުގެ ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުށަހަޅާފައި ވިނަމަވެސް، ރިޝްމާހުގެ މައްޗަށް ކުރެވޭނީ ޖިނާއީ ކުޑަ ކުށެއްގެ ތުހުމަތު ކަމަށެވެ.

ބަންދުން ދޫކޮށްލަން ނިންމީ މައްސަލައިގައި 15 ދުވަހުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާތީ އާއި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވާތީ ކަމަށް އަމުރުގައިވެ އެވެ.

ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ޝަރުތުގައި ހިމަނައި ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި ޝަރުތާ ޚިލާފު ވެއްޖެ ނަމަ އަލުން އޭނާ ބަންދުކުރާނެ ކަމަށް ވަނީ އަންގާފަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ