ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުން ގެންދާ ސުލޫކީ މައްސަލައިގެ ފަހު އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ.
ފަނޑިޔާރު އަޒްމިރާދަލާގެ ފިރިކަލުން ހައްޔަރުކޮށް ބަންދު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ފިރިކަލުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވާ ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރާ މައްސަލައިގައި ފަނޑިޔާރު މަހާޒް އަދި އަޒްމިރާލްދާގެ ސުލޫކީ މައްސަލަ އަންނަނީ ބަލަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ ފަހު އަޑުއެހުމަށް ފަނޑިޔާރު މަހާޒް ޖޭއެސްސީއަށް ހާޒިރު ކުރަނީ ހެނދުނު 09:00 އަށެވެ. އަދި ފަނޑިޔާރު އަޒްމިރާދާ ޖޭއެސްސީއަށް ހާޒިރު ކުރަނީ ހެނދުނު 10:00 އަށެވެ.
އަޒްމިރާލްދާގެ ފަރާތުން މީގެކުރިން ވަނީ ޖޭއެސްސީގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދިފަ އެވެ. ނަމަވެސް ޖޭއެސްސީން ނިންމީ މައްސަލަތައް އާންމުންނަށް ހުޅުވާނުލާ ކުރިއަށް ގެންދިއުމަށެވެ.
މި މައްސަލައިގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރު ބަހުން މުއާމަލާތްކުރިކަމަށް ބުނާ ތަނުގައި ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރާލްދާ ހުންނެވިކަމަށް ބުނާ މައްސަލައެއްވެސް ޖޭއެސްސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މަހާޒް އަލީ ޒާހިރު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)


