ހުޅުމާލޭ ޗެނަލް ޕްރޮޖެކްޓްގެ 50% މަސައްކަތް ނިމި، ބީޗްގެ މަސައްކަތް ބާރަށް ކުރިއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ކުރިއަށްދާ ޗެނަލް ޕްރޮޖެކްޓްގެ 50 އިންސައްތަ މަސައްކަތް ނިމި، އެ ސަރަހައްދުގައި ގާއިމުކުރެވޭ ބީޗްގެ މަސައްކަތްވެސް ދަނީ ބާރު ސްޕީޑެއްގައި ކުރިއަށް ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޢުލޫމާތު ދީފިއެވެ.

އެޗްޑީސީގެ ސިވިލް އިންޖިނިއަރ އަލީ އަކްރަމް ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓަކީ ސަޢުދީ ފަންޑުގެ ކޯޓް ޑިވެލޮޕްމަންޓްގެ ލޯނު އެހީގެ ދަށުން ހުޅުމާލޭގެ ތަރައްޤީއަށް ކުރިއަށް ގެންދެވޭ މައި ޕްރޮޖެކްޓްގެ ތިން ވަނަ ޕްރޮޖެކްޓެވެ. ”މިހާރު އަޅުގަނޑުމެން ހުއްޓިލައިން މިހިރަ ޗެނަލް ސަރަޙައްދުގެ ފަންސާސް ޕަސެންޓް މަސައްކަތް މި ވަނީ ނިމިފަ،“ އަކްރަމް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޗެނަލް އެކްސްކަވޭޝަންގެ ބޮޑު ބައެއް ނިމި، ހެލްބްލޮކް އިންސްޓެލޭޝަންގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ފައިނަލް ކެޕިންގ ބީމްގެ މަސައްކަތްތަކެވެ. އަދި ޗެނަލްއާ ގުޅިގެން ހުޅުމާލޭގެ އިރުމަތީ ފަރާތުގައި ގާއިމުކުރެވޭ ބީޗުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

ބީޗް ޕްރޮޖެކްޓްގެ ދަށުން ބީޗު ހިމާޔަތްކުރުމަށް ބްރޭކް ވޯޓަރާއި ގްރޯއިންގ ވަނީ ގާއިމުކުރެވިފައެވެ. އަދި މިހާރު ކުރިއަށްދަނީ ބީޗް ޕްރޮފައިލިންގއާއި ލެވެލިންގގެ މަސައްކަތްތަކެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި މި ސަރަހައްދުގައި ގާއިމުކުރެވޭ ޗެނަލްއަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހި ވަކިކޮށްލާ ޗެނަލްއެކޭ އެއްގޮތަށް، ހިތްގައިމު އަދި ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ފުރުސަތު ލިބިގެންދާނެ ތަނެކެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ