އައްޑޫސިޓީ ހިތަދޫ ބަނދަރުގައި ފެރީ ޓާމިނަލެއް ހެދުމުގެ މަސައްކަތް މަރަދޫގެ ވޭމާޓް ކުންފުންޏާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ 85 ދުވަހުގެ ތެރޭގައި ނިންމުމާ ގޮތަށެވެ. އަދި މި މަސައްކަތުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 979،510.01 ރުފިޔާ އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އެވެ.
ހިތަދޫ ބަނދަރު ސަރަހައްދުގައި ފެރީ ޓާމިނަލެއް ނެތުމަކީ ގިނަ ރައްޔިތުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. މި ޓާމިނަލް ހެދުމުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ކައުންސިލުން ބުނެ އެވެ.



