ސްޓެމް ދާއިރާތަކުން ކިޔަވާ ކުދިންނަށް ސަރުކާރު ވަޒީފާގައި ރަނގަޅު މުސާރައެއް ދެނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް) ދާއިރާތަކުން ކިޔަވާ ދަރިވަރުންނަށް ސަރުކާރު ވަޒީފާތަކުގައި ރަނގަޅު މުސާރައެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަކުރެއްވީ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުތަކުގައި ސްޓެމް ދާއިރާތަކުން ކިޔަވާ ކުދިންގެ އަދަދު ވަނީ މަދުވެފައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޑޮކްޓަރުންނާއި އިންޖިނިއަރުން ފަދަ ފަންނީ މާހިރުން ބޭރުން ގެންނަން މަޖުބޫރުވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އިންޖިނިއަރުންނާއި ކުއަންޓިޓީ ސަރވެޔަރުން ފަދަ ފަންނީ މާހިރުން ރާއްޖެއިން ލިބެން ނެތްކަން ރައީސް ފާހަގަކުރެއްވި އެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ ލޯނު ސްކީމްގައިވެސް ސްޓެމް ދާއިރާތަކަށް ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ”ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރާ ކުދިންނަށް މިހާރަށްވުރެ ރަނގަޅު ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް.“ ކަމަށެވެ.

މި ޕޮޑްކާސްޓްގައި ރައްޔިތުންގެ ފަރާތުން ކުރެވުނު ސުވާލުތަކަށް ތަފްސީލީ ޖަވާބު ދެއްވަމުން، ރައީސް ވަނީ ރައްޔިތުންނަށް ކޮންމެ ސުވާލެއްވެސް އެ މަނިކުފާނާ ކުރިމަތިކުރެވޭނެ ކަމަށް ޔަގީންކަން ދެއްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުގެ ތައުލީމީ ސިޔާސަތާއި ގުޅޭގޮތުންނާއި، މަތީ ތައުލީމްގެ ސިޔާސަތާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި އިއްޔެގެ ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ