ޗައިނާ ސައުތު-އޭޝިއާ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަން (ސީ.އެސް.އޭ އެކްސްޕޯ) ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި އެވެ.

އިކޮނަމިކް މިނިސްޓްރީން މިކަން އިއުލާނު ކުރަމުން ބުނެފައިވަނީ، މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ އުފެއްދުންތައް ޑިސްޕްލޭކޮށް، ވިއްކުމުގެ ފުރުޞަތުގެ އިތުރުން، އެކި ގައުމުތަކުގެ ވިޔަފާރިވެރިންނާއެކު ވިޔަފާރީގެ ގުޅުން ގާއިމުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ”ދިވެހި އުފެއްދުންތަކަށް އެކަށީގެންވާ މާކެޓްތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަވަށްޓެރި ގައުމުތަކުގައި ބާއްވާ މިފަދަ ވިޔަފާރި ފެއަރތަކާއި ސެމިނަރތަކުގައި ދިވެހި ވިޔަފާރިތައް ބައިވެރިކުރުމަށް އެމްބަސީތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން“ ނެވެ.

މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 އެޕްރީލް 2025 ގެ ކުރިން މިނިސްޓްރީގެ މެއިލް އަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ. އަދި ދިވެހިރާއްޖެއަށް ލިބޭ ބޫތުތަކުގެ އަދަދަށް ބަލައި، ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސައިދެވޭނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

މި އެކްސްޕޯއަކީ ދިވެހި ވިޔަފާރިތަކަށް އައު މާކެޓްތަކަށް ވަދެ، ވިޔަފާރި ފުޅާކުރުމުގެ މުހިންމު ފުރުޞަތެއް ކަމަށް ބެލެވެ އެވެ.

ރާއްޖެ - ޗައިނާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ