ސިއްހީ ދާއިރާއިން ކިޔެވުމަށް ފިލިޕީންސްގެ ޔުނިވަސިޓީއަކުން ދިވެހިންނަށް ސްކޮލާޝިޕް ފުރުސަތުތަކެއް ފަހިކޮށްދީފި އެވެ.
މި ސްކޮލާޝިޕްގެ ފުރުސަތު ފަހިވެފައިވަނީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ފިލިޕީންސަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރު ނާޒިމްގެ މިދަތުރުފުޅުގެ ތެރެއިން ފިލިޕީންސްގެ ޔުނިވާސިޓީއެއް ކަމަށްވާ އޭއެމްއޭ ޔުނިވަރސިޓީގެ ފައުންޑާ އަދި ސީއީއޯ ޑރ. އަމަބްލް އާރް. އަގުއިލުޒްއާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގެ ތެރެއިން އެ ޔުނިވާސިޓީން ދިވެހިންނަށް ސިއްހީ ދާއިރާއިން ކިޔެވުމަށް ތިން ސްކޮލަރޝިޕްގެ ފުރުސަތު ދެއްވާފައިވާކަން ހެލްތް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
On his visit to #Manila , Minister @ANazim2019 met with Dr. Amable R. Aguiluz V, founder and CEO of AMA University. Dr. Aguiluz graciously granted 3 scholarship opportunities for Maldivians to pursue studies in medicine. We thank the CEO and his team for this generous gesture. pic.twitter.com/Qen8rEDA8R
— Ministry of Health (@MoHmv) April 9, 2025
ހެލްތް މިނިސްޓަރު ނާޒިމް ފިލިޕީންސަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ހަތް ވަނަ ގްލޯބަލް މިނިސްޓީރިއަލް ސަމިޓް ފޯ ޕޭޝަންޓް ސޭފްޓީ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް



