މިދިޔަ އަހަރު އެފްޕީއޭއަށް 722 މައްސަލަ، ގިނައީ ފިރިމީހާ އަނިޔާކުރުމުގެ މައްސަލަ

Advertisement

Advertisement

އެންމެ ފަސް

Advertisement

މިދިޔަ އަހަރު ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ފިރިމީހާގެ ފަރާތުން އަނބިމީހާއަށް އަނިޔާކުރުމުގެ މައްސަލަތައް ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެފްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ޖުމްލަ 722 މައްސަލައެއް ހުށަހެޅިފައިވާއިރު، މީގެ ތެރެއިން 423 މައްސަލައަކީ ކައިވެނިކޮށްގެން އުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުންގެ މައްސަލަތަކެވެ. މި މައްސަލަތަކުގެ 89 ޕަސެންޓަކީ ފިރިހެނުން އެމީހުންގެ އަނބިން ނުވަތަ ކުރީގެ ބައިވެރިންނަށް އަނިޔާކުރުމުގެ މައްސަލަތަކެވެ.

އެފްޕީއޭގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން 2023 ވަނަ އަހަރު ހުށަހެޅުނީ 614 މައްސަލަ އެވެ.

މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގައި 18 އަހަރުން މަތީގެ 676 މީހަކަށް އަނިޔާ ލިބިފައިވާއިރު، 315 ކުޑަކުދިންނަށްވެސް އަނިޔާ ލިބިފައިވެ އެވެ. އަނިޔާކުރި ފަރާތްތަކަށް ބަލާއިރު، 633 ފިރިހެނުންނާއި 135 އަންހެނުން އަދި ޖިންސު ނޭނގޭ 3 މީހަކު ވަނީ އަނިޔާގެ ޢަމަލުތައް ހިންގާފަ އެވެ.

ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅިގެން އެފްޕީއޭއިން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހަމަނުޖެއްސޭ ފަރާތްތަކަށް ޤާނޫނީ ވަކީލުން ހަމަޖައްސައިދިނުމުގެ ޚިދުމަތް ފަށާފައިވެ އެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ގެވެށި އަނިޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ