މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެދު ރާއްޖެތެރެއަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް 9 އަތޮޅަކަށް ހުދު ސަމާލު ނެރެފަ އެވެ.
ހުދު ސަމާލު ނެރެފައިވާ އަތޮޅުތައް:
- ކ. އަތޮޅު
- އއ. އަތޮޅު
- އދ. އަތޮޅު
- ފ. އަތޮޅު
- ވ. އަތޮޅު
- ދ. އަތޮޅު
- މ. އަތޮޅު
- ތ. އަތޮޅު
- ލ. އަތޮޅު
މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:45 އިން ފެށިގެން 14:00 އާ ހަމައަށެވެ.
ހުދު ސަމާލު ނެރެފައިވާ އަތޮޅުތަކަށް އެ ވަގުތުތަކުގައި ބޯކޮށްވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން ބުނެ އެވެ.
މޫސުމާ ގައުމީ އިދާރާއިން މި ހަފްތާ ކުރީކޮޅު ވަނީ މިއަދުން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރައިގެ އަސަރު ކުރާނެކަމަށް ލަފާކޮށްފަ އެވެ.



