އަލްމާޑާގެ ލަނޑާއެކު އާޖެންޓީނާ އިން އުރުގުއޭ ބަލިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ތިއާގޯ އަލްމާޑާ ޖެހި ލަނޑާއެކު އާޖެންޓީނާ އިން 1-0 ގެ ނަތީޖާއަކުން އުރުގުއޭ ބަލިކޮށްފިއެވެ.

ރޭގެ މެޗަށް އާޖެންޓީނާއިން ނިކުތްއިރު، ލިއޮނެލް މެސީ އާއި ލައުޓާރޯ މާޓިނޭޒް ހިމެނޭހެން މުހިންމު ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ހިމަނާފައެއް ނުވެއެވެ. ނަމަވެސް، އާޖެންޓީނައިން ވަނީ ހަނި މޮޅެއް ހޯދައި، ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފައެވެ.

އާޖެންޓީނާ އިން ވަނީ މިހާތަނަށް ކުޅުނު 13 މެޗުން 28 ޕޮއިންޓު ހޯދާފައެވެ. އަދި އަންގާރަ ދުވަހު ބްރެޒިލް އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، މުބާރާތުން ޖާގަ ހޯދުމުގެ ފުރުސަތު އެ ޓީމަށް ވަނީ ލިބިފައެވެ. އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި މެޗުން 1-0 ގެ ނަތީޖާއަކުން މޮޅުވީ އާޖެންޓީނާ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ، ލަނޑު ޖަހާނެ ފުރުސަތު ތަނަވަސްކޮށްފައިވަނީ އުރުގުއޭ އިންނެވެ. ނަމަވެސް، އަޖެންޓީނާ އިންވަނީ މޮޅު ޑިފެންސިވް ކުޅުމެއް ކުޅެ، އިދިކޮޅު ޓީމުގެ ހަމަލާތައް ހުއްޓުވާފައެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވުމަށްފަހު، އާޖެންޓީނާއަށް ލަނޑު ޖެހުނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. އަލްމާޑާ ފޮނުވާލި ބާރު ހަމަލާ، އުރުގުއޭގެ ކީޕަރަށް ހުއްޓުވޭ ގޮތެއް ނުވިއެވެ.

މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާގެ ނިކޮލަސް ގޮންޒަލޭޒް އަށްވަނީ ރަތް ކާޑު ދައްކާފައެވެ. އެއީ އުރުގުއޭގެ ނަހިޓަން ނަންޑޭޒް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެނެވެ. މިއާއެކު، ބްރެޒިލް އާ ދެކޮޅަށް ނިކުންނަ މެޗުގައި ގޮންޒަލޭޒް އަކަށް ނުކުޅެވޭނެއެވެ.

 

އާޖެންޓީނާ ވޯލްޑް ކަޕް ކޮލިފައިން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ