އޭޓީއެމް ބަހައްޓަން ހުރަސްއަޅާ ކައުންސިލްތަކަށް ފިޔަވަޅު އަޅަން ޖެހޭ: ހުސްނީ މުބާރިކް

Advertisement

އެންމެ ފަސް

Advertisement

ރަށްރަށުގެ ރައްޔިތުންގެ ފަސޭހައަކަށް ބަހައްޓަމުން އަންނަ އޭޓީއެމްތައް ބެހެއްޓުމަށް ބައެއް ކައުންސިލްތަކުން ހުރަސްއަޅާކަމަށް ވިދާޅުވެ، އެފަދަ ކައުންސިލްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެ އެވެ.

2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން، ”ސަރުކާރުން ރައްޔިތުންގެ މަންފާއާއި ލާބަޔަށް ކުރާ ކަންކަމުގައި ކައުންސިލްތަކުން ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން“ ކަމަށް އެމްޕީ ހުސްނީ ވިދާޅުވި އެވެ.

ހުސްނީ ފާހަގަކުރެއްވި ގޮތުގައި، ކައުންސިލްތައް ހިންގަމުންދަނީ ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ ގްރާންޓްގެ މައްޗަށް ބަރޯސާވެގެން ކަމަށާއި، ނަމަވެސް ބައެއް ކައުންސިލްތަކުން ސަރުކާރުގެ ސިޔާސަތުގެ ދަށުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވި އެވެ.

އެމްޕީ ހުސްނީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ކައުންސިލްތަކުން އެއްބާރުލުން ދޭންޖެހޭނެ އެވެ. އަދި މިފަދަ މަސައްކަތްތަކާ ދެކޮޅަށް ޙަރަކާތްތެރިވާ ކައުންސިލްތަކާ މެދު ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދިނުމަށް އަމާޒުހިފާ، މަސައްކަތްތައް ފަށައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރު ހުސްނީ މުބާރަކް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ