ދިވެހިރާއްޖެއިން ސައުދީއަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ކުރީގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
އަހުމަދު ސަރީރުއަށް މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 86 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރީރު މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގަ އެވެ. އޭގެ ކުރިން ސައުދީ އަރަބިއްޔާގައި އޭޝިއާ ޑިރެކްޓަރ ފޯ ދަ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މަގާމު އަދާކުރެއްވި އެވެ.
ސަރީރު ވަނީ ފޮރިން ސެކްރެޓަރީ، ބަންގްލަދޭޝްގެ ހައިކޮމިޝަނަރު، ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް ހައި ކޮމިޝަންގެ ތާޑް ސެކްރެޓަރީ އަދި އދ. ގައި ހުންނަ މޯލްޑިވްސް ޕަރމަނަންޓް މިޝަންގެ ސެކަންޑް ސެކްރެޓަރީކަން ވެސް ފުރުއްވާފަ އެވެ. މީގެއިތުރުންވެސް ޚާރިޖީ މިނިސްޓްރީ އަދި އެކި އެމްބަސީތަކުގައި މަގާމުތައް ފުރުއްވާފައިވެ އެވެ.



