މަތީފަޑީގެ މުސާރަތައް ކުޑަކުރުމަށް ރައީސް ނިންމެވީ ސިޔާސީގޮތުން އުނދަގޫ ނިންމެވުމެއް: ޕީއެންސީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މަތީފަޑީގެ މުސާރަތައް ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ސިޔާސީގޮތުން އުނދަގޫ ނިންމެވުމެއް ކަމުގައި ޕީއެންސީ އިން ބުނެފި އެވެ.

އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ޕީއެންސީ އިން މިހެން ބުނީީ ސިޔާސީ ފަރާތްތަކާއި ކުންފުނިތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން ރައީސް ނިންމެވުމާއި ގުޅިގެން ނެވެ.

ޕީއެންސީ އިން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ މާލީ ހާލަތު ނާޒުކު ފައްތަރަކަށް ހުށަހެޅިފައިވާ މިދަނޑިވަޅުގައި މާލީ އިސްލާހުތައް ސަރުކާރާއި ދައުލަތުގެ އެންމެ މަތީ ފަޑިން ފެށިގެން ކުރިއަށްގެންދެވުމަށް ނިންމަވައި، އެކަން ތަންފީޒުކުރެއްވުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް މުޢިއްޒު ނިންމެވި ނިންމެވުމަކީ ހަރުދަނާ އަދި އެހާމެ ހިތްވަރުގަދަ ނިންމެވުންތަކެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށް ބުނެފަ އެވެ.

”މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެފިޔަވަޅުތައް ފެއްޓެވީ ސީދާ އެމަނިކުފާނާ ހަމައިން. އަމިއްލަފުޅު މުސާރައިގެ ދެބައިކުޅަ އެއްބައި ނުނަންގަވަން ނިންމެވި. އެއަށްފަހު ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެންބަރުންގެ މުސާރަތައް ކުޑަކުރައްވަން ހުށަހެޅުއްވި. މިއީ މިވަގުތު ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދިވެހި މާލިއްޔަތުގެ ދެމެހެއްޓެނެވިކަން ޔަގީންކޮށްދެއްވުމަށް ރައީސް އަޅުއްވަން ނިންމެވި ހަރުދަނާ ފިޔަވަޅުތަކެއް. ސިޔާސީ ގޮތުން އުނދަގޫ އެހެންނަމަވެސް ގައުމުގެ ހައްގުގައި ނިންމަވަންޖެހޭ ނިންމެވުމެއް“

ފާއިތުވެދިޔަ ދެތިން އަހަރު ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެ އެކަމުގެ ސަބަބުން ލިބޭ އާމްދަނީއާއި ކުރާ ހޭދައިގެ ފަރަގު ބޮޑުވަމުން ދިޔައިރު، އެކަން އިސްލާހުކުރުމަށްޓަކައި ހަރަދުތައް ކޮންޓްރޯލުކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކާއި ރާއްޖޭގެ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ދެމުންދިޔަ ލަފައަށް އޭރުގެ ސަރުކާރުން ދިނީ ”ބީރު ކަންފަތެއް“ ކަމުގައި ޕީއެންސީ އިން ބުނެފައި ވެއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ އެއްވެސް ފިޔަވަޅެއް ނިމިދިޔަ ސަރުކާރުން ނޭޅުމުގެ ސަބަބުން 2022 ގައި 9.8 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް އަންދާޒާކުރި ބަޖެޓު ޑެފިސިޓު އަހަރު ނިމުނުއިރު 11.3 ބިލިއަން ރުފިޔާއަށްވުރެ އިތުރުވިކަން މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި 2023 ގައި 8.6 ބިލިއަން ރުފިޔާގައި ބަޖެޓު ޑެފިސިޓު ހުންނާނެކަމަށް ލަފާކުރި ނަމަވެސް އަހަރު ނިމުނުއިރު ބަޖެޓު ޑެފިސިޓު ހުރީ 13.5 ބިލިއަން ރުފިޔާއަށްވުރެ އިތުރުވިކަންވެސް ފާހަގަކުރި އެވެ. ބަޖެޓު ޑެފިސިޓު ބޮޑުވިއިރު ރިކަރަންޓު ހަރަދުތައް ލިބުނު އާމްދަނީގެ ތެރޭގައި ހިފެހެއްޓިފައިނުވާ ކަމަށް ޕީއެންސީ އިން ބުންޏެވެ.

އެވަގުތު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސިޔާސީ ސަބަބުތަކަށްޓަކައި އޮތީ ނޭޅި ކަމަށް ޕީއެންސީ އިން ބުންޏެވެ.

ކޮންގްރެސް ޕާޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ