އައްބާސް ސިނގިރޭޓު ބުއިން ހުއްޓާލަން ނިންމެވިކަން ހާމަކުރައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ނިންމަވާފައިވާކަން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހާމަކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

މި ބިލަށް ވާހަކަ ދައްކަވަމުން މެންބަރު އައްބާސް ވިދާޅުވީީ ދުންފަތުގެ ބާވަތްތަކުން ޓެކްސް ބޮޑު ކުރުމަކީ މުސްތަގުބަލަށް މުހިންމު ނިންމުމެއް ކަމަށެވެ. އޭނާއަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއްކަން ފާހަގަކޮށް އައްބާސް ވިދާޅުވީ އެކަން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

”އަޅުގަނޑަކީ ދުވާލަކު ދެ ފޮށި ސިނގިރޭޓު މިހާރު ވެސް ބޯ މީހެއް، ނޮވެމްބަރު 15 އިން ފެށިގެން، މާތް ﷲ ގެ ތަނަވަސް ރަހުމަތާއެކު، ސިނގިރޭޓު ބުއިން ހުއްޓާލަން ނިންމައިފިން.“

އައްބާސް ވިދާޅުވީީ ދުންފަތުގެ ބާވަތްތަކުން ޓެކްސް ބޮޑުކުރުމުން އާންމު ދިރިއުޅުމުގެ އިގްތިސާދީ ހާލަތު ރަނގަޅުވާނެ ކަމަށެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މިއަދު ރާއްޖޭގައި މީހުންނަށް ކެންސަރުފަދަ ބަލިތައް އާންމުކޮށް ޖެހުމުންދާކަން ވެސް އައްބާސް ފާހަގަ ކުރެއްވި އެވެ.

މިކަމުގައި އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދަނީ އޮޅުވާލުމުގެ ނިޔަތުގައި ކަމަށާއި ރާއްޖޭގެ 95 އިންސައްތަ ރައްޔިތުން ވޭޕް މަނާ ކުރުމަށް ތާއީދުކުރާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު އެވެ. މި ބިލުގައި ވަނީ ސިނގިރޭޓާއި ވޭޕް އަދި ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޓެކްސް ބޮޑު ކުރުމަށް ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލިސް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ