މަސްވެރިންނަށް ނުދެވި ހުރި ފައިސާ މި ހަފްތާގައި ޖަމާކޮށްދޭނަން: މިފްކޯ

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ނުދެވި ހުރި ފައިސާ މި ހަފްތާގެ ތެރޭގައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.

މިފްކޯއިން މިހެން ބުނީ މިއަދު އެ ކުންފުނިން މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.

މިފްކޯ އިން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ، ވިއެންމެ އަވަހަކަށް ޖަމާކޮށްދިނުމަށް ކަމަށެވެ. އެގޮތުން ޕެންޑިންގ ގަ ހުރި ފައިސާ ވީ އެންމެ އަވަހަކަށް ހޯދައި، މި ހަފްތާގައި ޖަމާކުރެވޭތޯ ކެނޑިނޭޅި ދަނީ މަސައްކަތް ކުރެވެމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯ އިން ބުނި ގޮތުގައި ”އަމާޒަކީ މި ހަފްތާގެ ތެރޭގައި އޮޑިވެރީންނަށް ފައިސާ ޖަމާކުރެވޭނެ ގޮތް ހަމަޖެއްސުން“ ކަމަށެވެ.

މިފްކޯގެ ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ 9.2 މިލިއަނަށް އަރާފަ އެވެ.

މިފްކޯއިން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި މަސްވެރިން ވަނީ 882.32 މެޓްރިކް ޓަނުގެ މަސް ކިރާފަ އެވެ.

މިފްކޯއަށް ކިރި މަހަށް، މަސްވެރިންނަށްދޭންޖެހޭ ފައިސާ؛

  • ފެލިވަރަށް ކިރި މަހަށް؛ 3،590،838.62 މިލިއަން ރުފިޔާ
  • ކޫއްޑޫއަށް ކިރި މަހަށް؛ 5،451،481.27 މިލިއަން ރުފިޔާ
  • އައްޑޫއަށް ކިރި މަހަށް؛ 113،171.90 ރުފިޔާ

މިފަހުން މިފްކޯއަށް ކިރާ މަހަށް ފައިސާ ދިނުމުގައި ދިގު މުއްދަތެއް ނަގާތީވެ، އެކަމުގެ ކަންބޮޑުވުން އަންނަނީ މަސްވެރިން ފާޅުކުރަމުންނެވެ. އަދި ފައިސާ ލިބުން ލަސްވެ، ދޭތެރެއަކުން މަސްވެރިން އަންނަނީ އިހުތިޖާޖްވެސް ކުރަމުންނެވެ.

މަސްވެރިކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ