އޮލިމްޕިކްސް 2024: ފްރާންސް ބަލިކޮށް، ސްޕެއިނުން ރަން މެޑަލް ހޯދައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިތުރު ވަގުތުގައި ފްރާންސް ބަލިކުރުމަށްފަހު ސްޕެއިނުން އޮލިމްޕިކްސްގެ ފުޓުބޯޅަ އިވެންޓުން ރަން މެޑަލް ހޯދައިފި އެވެ.

ރޭ ޕާކް ޑޭސް ޕްރިންސެސް ސްޓޭޑިއަމްގައި ކުޅުނު މެޗުން ސްޕެއިން މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ފްރާންސުންނެވެ. މެޗުގެ 11 ވަނަ މިނެޓު ގައި އެ ޓީމަށް ކުރިހޯދައިދިނީ އެންޒޯ މިލިޓް އެވެ.

ސްޕެއިނުން ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ 18 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ފާމިން ލޮޕޭޒް އެވެ. އޭނާ ވަނީ އޭގެ ހަތް މިނެޓު ފަހުން އިތުރު ލަނޑެއް ޖަހައި، ފުރަތަމަ ފަހަރަށް ސްޕެއިނަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އަލެކްސް ބައޭނާ ވަނީ ލަނޑެއް ޖަހައި، ސްޕެއިނަށް ލީޑު ފުޅާކޮށްދީފަ އެވެ. ސްޕެއިނުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ފަރަގަކާއެކު އެވެ.

ދެވަނަ ހާފު ފެށުނީއްސުރެ، ފްރާންސުން މަސައްކަތް ކުރީ ލަނޑެއް ޖަހައި އެނބުރި މެޗަށް ވަނުމަ ށެވެ. އެ ޓީމަށް އުއްމީދެއް ލިބުނީ މެޗުގެ 79 ވަނަ މިނެޓުގައި މެގްނަސް އަގްލިއޫޝޭ ކާމިޔާބުކުރި ލަނޑާއެކު އެވެ.

މެޗުގެ އިތުރު ވަގުތުގައި ސްޕެއިންގެ ޖުއާން މިރަންޑާ އޭރިއާތެރެއިން ކުރި ފައުލަކާ ގުޅިގެން ފްރާންސަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. މި ޕެނަލްޓީ ދީފައިވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ދަނޑުގެ މޮނީޓަރުން ބެލުމަށްފަހު އެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން، ޖިއަން ފިލީޕް މަޓޭޓާ އެވެ.

އިތުރު ވަގުތުގެ ދެ ހާފުގައި ސްޕެއިނުން ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެ ދެ ލަނޑުވެސް ސްޕެއިނަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސާޖިއޯ ކަމޭއޯ އެވެ.

މި މޮޅާއެކު ސްޕެއިނުން ރަން މެޑަލް ހޯދާފައިވާއިރު، 6-0 ގެ ނަތީޖާއަކުން މިސްރު ބަލިކޮށް، ލޯ މެޑަލް ހޯދާފައިވަނީ މޮރޮކޯ އިންނެވެ.

ޕެރިސް އޮލިމްޕިކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ