ޒިޔަދަމް މަރާލި މައްސަލައިގައި ސިފާމަށް އިއްވި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

2015 ވަނަ އަހަރު އަލީ ޒިޔަދަމް މަރާލި މައްސަލައިގައި އަލީ ސިފާމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ.

މާޗް 20، 2015 ވަނަ ދުވަހުގެ ރޭ ލ. މުންޑޫގައި ޒިޔަދަމް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އެރަށު މުހައްމަދު ޝަނޫން އަދި އަލީ ސިފާމްގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2023 ވަނަ އަހަރު އެވެ. އެގޮތުން ކްރިމިނަލް ކޯޓުން ވަނީ މުހައްމަދު ޝަނޫނަށް މަރުގެ ހުކުމެއް އަދި ސިފާމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ސިފާމުގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މިދިޔަ އަހަރުގެ މޭ މަހު އެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު ހުކުމް އިއްވާފައިވާއިރު، އިއްވި ހުކުމުގައި ބުނެފައިވަނީ، ސިފާމްގެ މައްޗަށް ކުށް ސާބިތުކުރުމަށް ނުރައްކާތެރި ހަތިޔާރާ ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ތަތުބީގުކޮށްފައިވަނީ ރަނގަޅަށް ކަމަށާއި އަދި އަދަބު ކަނޑައަޅާފައިވަނީވެސް ރަނގަޅަށް ކަމަށެވެ. ހުކުމުގައި ބުނެފައިވަނީ ޒިޔަދަމަށް ހަމަލާދޭން ފެށުމުން އޭނާ ސަލާމަތްވުމަށްޓަކައި ފިލަން ދުއްވައިގަތުމުން ގައިގައި ހިފެހެއްޓީ ސިފާމް ކަމަށާއި އެކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އެހެންކަމުން ޒިޔަދަމްގެ މަރުގައި ސިފާމްގެ ބައިވެރިވުން އޮތް ކަމަށެވެ.

އެހެންކަމުން ސިފާމަށް އިއްވާފައިވާ 25 އަހަރުގެ ޖަލު ހުކުމަށް ބަދަލުގެންނަންޖެހޭތަނެއް ނެތްކަމަށްވެސް ހުކުމް ކޮށްފައިވެ އެވެ.

ޒިޔަދަމް މަރުވެފައިވަނީ ވަޅިއަކުން އޭނާގެ ކަރަށާއި، ބުރަކައްޓަށާއި، ފަލަމަސްގަނޑަށް ދިން ހަމަލާގެ ސަބަބުންނެވެ.

ހައި ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ