ދައުލަތުން އަމިއްލަ ކުންފުނިތައް ލައްވާ މަސައްކަތް ކުރުވުމަށްފަހު ފައިސާ ނުދީހުރުމުން އެކަމުގެ ކަންބޮޑުވުން ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ފާޅުކުރައްވައިފި އެވެ.
ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވަޒީފާއާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ބަހުސްކޮށްފަ އެވެ. މި ބަހުސްގައި ވާހަކަ ދައްކަވަމުން އަނާރާ ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަަދަދުތައް ހިމެނޭހެން ލިސްޓެއް އާންމުކޮށްފައިވާކަން ފާހަގަ ކޮށްފަ އެވެ.
އެކަމާ ގުޅިގެން އަނާރާ ވިދާލުވީ، ދައުލަތުގެ ފަރާތުންވެސް މަސައްކަތް ކުރުވުމަށްފަހު ބައެއް ކުންފުނިތަކަށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ލިބެން ޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށެވެ.
”ހަގީގަތުގައި، މަސައްކަތް ކުރުވާފައި އެ ފައިސާ ދިނުމުން، ބިދޭސީންގެ ހައްގުތައް ވެސް ދައުލަތަށް ދައްކަން ޖެހޭ ފައިސާތައް ވެސް މިދެއްކެނީ.“ އަނާރާ ވިދާޅުވިއެވެ.
މީގެއިތުރުން އަނާރާ ވިދާޅުވީ ބިދޭސީންނަށް ރާއްޖޭގައި މަސައްކަތް ކުރެވެން ވާނީ ގާނޫނީ މިންގަނޑުގެ ތެރެއިން ކަމަށެވެ.
އަނާރާ ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި، ބިދޭސީންގެ އަދަދު ކަނޑައަޅާ ދާއިރާތައް ކަނޑައެޅުން ހިމަނާފައިވާ ކަމަށާއި އެކަމާވެސް މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ. އަނާރާ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރަންޖެހޭ ކަމަށާއި އަދި މިކަމުގައި ދެފަރާތަށް ލިބެންވާ ހައްގުތައް ކަށަވަރު ކުރެވެން ޖެހޭ ކަމަށެވެ.
ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ރައްޔިތުންގެ މަޖިލިސް ބިދޭސީންގެ މައްސަލަ


