ސްރީލަންކާގައި ކުރިއަށްދާ އެގައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިން ޗެމްޕިއަންޝިޕްސް ގައި، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރި ޖޫނިއާ އަންހެން ޓީމުން 4 ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފި އެވެ.
މި މުބާރާތުގައި ވާދަކުރި ގައުމީ ޓީމުން ރެކޯޑް އައުކުރީ 02:08.38 އިން ނިންމައިގެނެވެ. ގައުމީ ރެކޯޑް އައުކުރި ޓީމުގައި ހިމެނެނީ އަމްނާ ތަޒްކިޔާ މިރުޞާދު، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އަދި ޒާހާ ޒައިދުލް ޚަލީލެވެ.
މި ޓީމުން ވަނީ މިމުބާރާތުގެ ޕްލިމިނަރީ ހީޓްގައި ވާދަކޮށް، 02:08.42 އިން ރޭސް ނިންމާފަ އެވެ.
ރާއްޖޭގެ ފެތުންތެރިންގެ މި ޓީމުން ވަނީ މި މުބާރާތުގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުން ލޯ މެޑަލް ހޯދާފަ އެވެ.



