ޑިވެލޮޕްމެންޓް ބޭންކަށް ބޭނުންވާ ލައިސެންސް ހޯދުމަށް ހުށަހަޅައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޑިވެލޮޕްމެންޓް ބޭންކަށް ބޭނުންވާ ލައިސެންސް ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ހުށަހަޅައިފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިގޮތަށް ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިދީފައިވާ ބާރުގެ ދަށުން މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކް ރަސްމީކޮށް އުފެއްދީ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ރޭ ދެއްވި އިންޓަވިއުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެ ބޭންކަށް ސީއީއޯއެއް ހޯދުމަށް މިއަދު ބައިނަލްއަގްވާމީ ނޫހެއްްގައި ދުނިޔޭގެ ފެންވަރުގެ ސީއީއޯއެއް ހޯދަން އިކޮނޮމިކް މިނިސްޓްރީން އިއުލާން ކުރާނެ ކަމަށެވެ. މިހާރުވެސް ޑިވެލޮޕްމެންޓް ބޭންކްގެ ބޯޑަށް ބޭރުގެ ދެ ބޭފުޅުން އައްޔަންކުރައްވާފައިވާ ކަމަށްވެސް ސައީދު ހާމަކުރެއްވި އެވެ. އެ ދެ ބޭފުޅުންނަކީ އެ ދާއިރާގައި ތަޖުރިބާހުރި ފަރާތްތަކެއްކަން ސައީދު ފާހަގަކުރެއްވި އެވެ.  މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކްގެ ހުރިހާ ދިރާސާއެއް ހެދި، ބޭންކް އުފައްދަން ބޭނުންވާ ކުންފުނި ރަޖިސްޓްރީކޮށް ނިމިފައިވާކަމަށް ސައީދު ހާމަކުރެއްވި އެވެ. އަދި އެކަމަށް ބިޒްނަސް ޕްލޭންއަކާއި ވަރުގަދަ ފީޒިބިލިޓީ ސްޓަޑީއެއް ހެދިފައިވާއިރު ދުނިޔޭގެ ފެންވަރުގެ ޓޮޕް އޮޑިޓިން ފާމްއަކާއި ބޭންކްގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ސައީދު މައުލޫމާތުދެއްވި އެވެ.

“ބޭރުގެ ރަސްމީ ސީއީއޯއެއް ހޯދަން އަޅުގަނޑުމެން މިއަދު އިންޓަނޭޝަނަލް ޕޭޕާއެއްގައި އިއުލާން ކުރާނެ. ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގެ ސީއީއޯއެއް ހޯދަން ވެގެން”

މީގެ އިތުރަށްވެސް ވަޒީރު ވަނީ ޑިވެލޮޕްމެންޓް ބޭންކް އުފެއްދުމަށް މިއަދު މޯލްޑިވްސް މަނިިޓަރީ އޮތޯރިޓީއަށް ލައިސެންސްއަށް އެދި ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.ް ޑިވެލޮޕްމެންޓް ބޭންކް އަންނަ މަހުގެ ތެރޭގައި ހުޅުވަން އަމާޒުކުރެއްވި ނަމަވެސް ގޮންޖެހުމެއް އަތުވެއްޖެ ހާލަތެއްގައިް  ބޭންކް އަވަހަށްް ނުހުޅުވިދާނެ ކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ މީގެ ކުރިން މި މަސް ތެރޭގައި ބޭންކް ހުޅުވުމަށް ގަސްދުކުރިނަމަވެސް އަވަސް އަރުވައިގެން އުޅުމުގެ ބަދަލުގައި ރަނގަޅު ފެންވަރަށް ތަނުގެ މަސައްކަތް ފެށުމަށްޓަކައި ބޭންކް ހުޅުވުމުގައި ލަސްތަކެއް މެދުވެރިވި ކަމަށެވެ.

“މިހާރު ކުންފުނި އިންކޯޕަރޭޓްކުރެވި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި އިރާދަކުރެއްވިއްޔާ މާދަމާ އެމްއެމްއޭއަށް ލައިސަންސް ހޯދުމަށްޓަކައި ދާނެ. އަޅުގަނޑުމެން އެކަން ކުރިއަށްދާއިރުގައި ބޭންކް ހިންގާނެ އިމާރާތެއްގެ ކަންތައްތަކުގައި އަދި އިމާރާތް ތައްޔާރުކުރުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން. އަޅުގަނޑުމެން ކުރިން ލަފާކުރީ ޖުލައިމަސް ތެރޭގައި މި ހުރިހައި ކަމެއް އަޅުގަނޑުމެންނަށް ނިންމޭނެކަމަށް. ނަމަވެސް އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މަދު ހަފްތާތަކެއްގެ ތެރޭގައި، އަޅުގަނޑުމެން މިހާރު ލަފާމިކުރެވެނީ އަންނަ މަހު އިރާދަކުރެއްވިއްޔާ މި ބޭންކް ވުޖޫދުކުރެވޭނެ.”

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މޭމަހުގެ 16 ވަނަ ދުވަހު އެވެ.

ޑިވެލޮޕްމަންޓް ބޭންކަކީ ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ މަސައްކަތްތަކަށް އިންވެސްޓް ކުރުމަށް ދައުލަތުގެ ސިޔާސަތުތަކާ އެއްގޮތަށް ގާއިމްކުރާ ބޭންކެކެވެ. މި ބޭންކުން ސަރުކާރުން އިސްނަގައިގެން ހިންގާ އާބަން ޑިވެލޮޕްމަންޓް މަޝްރޫއުތަކަށް ވެސް ފައިސާ ހޯދުމަށް ހަމަޖެހިފައި ވެއެވެ. އަދި ސިންޑިކޭޝަން ފައިނޭންސިން މެދުވެރިކޮށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ވެސް ސަރުކާރުން އަމާޒު ހިފާފައި ވެއެވެ.

ޑިވެލޮޕްމެންޓް ބޭންކުގެ ސަބަބުން ރާއްޖެއަށް އިންވެސްޓް ކުރުމަށް އިންވެސްޓަރުންގެ އިތުބާރާއި ޝައުގުވެރިކަން އިތުރުވެ، ބޭރު ފައިސާ ދިވެހި އިގްތިސާދުގައި ހިފެހެއްޓޭނެ ކަމަށް މީގެ ކުރިން ސައީދު ވިދާޅުވެފައި ވެއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޑިވެލޮޕްމެންޓް ބޭންކް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ