2 މިލިއަން ޑޮލަރުގައި ހުރި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް 65 މިލިއަން ޑޮލަރަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) މިހާރު 65 މިލިޔަން ޑޮލަރަށް ވުރެ މައްޗަށް އަރައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ ރޭ ސޯޝަލް ސެންޓަރުގައި ފާހަގަކުރި 59 ވަނަ މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު އެސްޑީއެފްގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށެވެ.

”ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރީ އެންމެ 2 މިލިޔަން ޑޮލަރު. އަޅުގަނޑުމެންގެ އިގްތިސާދީ އެޖެންޑާ ތަންފީޒުކުރަން ފަށައި ފައިސާ ޗާޕްނުކޮށް ކުރަމުން މިދާ ތަންފީޒުކުރުމުގެ ތެރެއިން މިއަދުގެ ހާލަތު، މިއަދު (ޖުލައި 26) މި ދެންނެވި 2 މިލިޔަން ޑޮލަރު ހުރި ސޮވްރިން ޑިވެލޮޕްމަންޓު ފަންޑަށް އަޅުގަނޑުމެން ޖަމާކޮށްފިން މިހާރު 65 މިލިޔަން ޑޮލަރު“

ރައީސް މުއިއްޒު ވަނީ ސޮވަރިން ފަންޑަށް ޖަމާކުރާ ފައިސާއަކީ ރާއްޖޭގެ ބޭރުގެ ލޯނުތައް ދެއްކުމަށް ރައްކާކުރާ ފައިސާކަން ފާހަގަކުރައްވާފަ އެވެ. ރައީސް  ވިދާޅުވީ އަމާޒަކީ އަހަރު ނިމޭއިރު އެ ފަންޑު 100 މިލިއަން ޑޮލަރަށް އިތުރުކުރުން ކަމަށެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ 2018 ވަނަ އަހަރު ނިމިދިޔަ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ސޮވަރިން ފަންޑުގައި 500 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހުރި ކަމަށެވެ. ނަމަވެސް އޭރުގެ ސަރުކާރުގެ ދައުރު ނިމުނުއިރު ފަންޑު އޮތީ ހުސްވުމާ ގާތްވެފަ އެވެ.

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ގާނޫނު އެ ފަންޑަށް ގާނޫނީ ބާރު ދިނުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް އެކައުންޓިން އަދި ރިޕޯޓިން ފްރޭމްވޯކެއް ގާއިމްކުރުމާއި ގާނޫނުތަކުގެ ތެރެއިން އެ ފަންޑުގެ ބޭނުން ކަނޑައެޅުން ހިމެނެ އެވެ. އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޕަބްލިކް އެކައުންޓްސް ކޮމިޓީއަށް ފޮނުވާފައި ވެެއެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ